ނުރައްކާތެރި ހަތިޔާރުން މާލޭގައި މާރާމާރީ ހިންގަން އުޅުނު 3 މީހަކު ހައްޔަރުކޮށްފި

އާނާ ފަހީމް | 18 ދުވަސް ކުރިން - 19:27
ޝަހީދު ހުސެއިން އާދަމް ބިލްޑީންގ/ ފޮޓޯ:ޚުލާސާ
ޝަހީދު ހުސެއިން އާދަމް ބިލްޑީންގ/ ފޮޓޯ:ޚުލާސާ
ޚުލާސާ

މާރާމާރީ ހިންގުމުގައި އުޅޭކަމަށް ތުހުމަތުކުރެވޭ އިތުރު 3 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށް، މި މީހުންގެ ބަންދު މުއްދަތު ކްރިމިނަލް ކޯޓުން 7 ދުވަހަށް އިތުރުކޮށްފި.

މާލޭގައި ސިލްސިލާކޮށް މާރާމާރީ ހިންގުމުގައި އުޅޭކަމަށް ތުހުމަތުކުރެވޭ އިތުރު 3 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މީހުންގެ ތެރޭގައި މާލެއަށް ނިސްބަތްވާ 18 އަދި 27 އަހަރުގެ ދެ ޒުވާނަކާއި، ގއ. ވިލިނގިއްޔަށް ނިސްބަތްވާ 26 އަހަރުގެ ޒުވާނެއް ހިމެނެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި 3 މީހުން ކްރިމިނަލް ކޯޓުން ވަނީ 7 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. މި މީހުންނާއި ދެކޮޅަށް ފުލުހުން ވަނީ އިންޓެލިޖެންސް މަޢުލޫމާތާއި މައްސަލައާއި ގުޅުންހުރި އެހެނިހެން މަޢުލޫމާތު ހުށަހަޅާފައެވެ.

ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މީހުންނަކީ ޖަމާޢަތް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރޭވުމާއި އަދި މާރާމާރީ ހިންގަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ބައެކެވެ. އަދި މި މީހުންނަކީ މާރާމާރީ ހިންގާ ގްރޫޕަކަށް ނިސްބަތްވާ މީހުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%