ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

އުސްތާޛް މުޙައްމަދު ޢަލީ | 19 ދުވަސް ކުރިން - 12:32
ސައޫދީގެ ތައުސީސީ ދުވަހާއި ގުޅިގެން ރައީސް ތަހުނިޔާ ފޮނުއްވައިފި.
ސައޫދީގެ ތައުސީސީ ދުވަހާއި ގުޅިގެން ރައީސް ތަހުނިޔާ ފޮނުއްވައިފި.
ޚުލާސާ

ސައޫދީގެ ތައުސީސީ ދުވަހަކީ ފުރަތަމަ ދައުލަތް އުފެދުނު ފެބުރުއަރީ މަހުގެ 22 ވަނަ ދުވަސް.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް މުޢިއްޒުގެ ރަސްމީ "އެކްސް" އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށާއި އެ ޤައުމުގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައިވެއެވެ.

މީގެ އިތުރުން، ރައީސް މުޢިއްޒު ވަނީ ސަޢޫދީ ޢަރަބިއްޔާގެ ކުރިއެރުމާއި، ތަނަވަސްކަމާއި، ސަލާމަތާއި ހަމަޖެހުމަށް އެދިވަޑައިގެންފައެވެ.

ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހަކީ އެ ޤައުމުގެ ފުރަތަމަ ދައުލަތް އުފެދުނު ދުވަހާއި ގުޅުވައިގެން ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%