މާހެފުމަކީ ބިދުޢައެއް ނޫން: ވަޒީރު ޝަޙީމް

އާނާ ފަހީމް | 21 ދުވަސް ކުރިން - 17:22
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

މާހެފުމަކީ ދީނީ އަޅުކަމެއްގެ ގޮތުން ކުރާކަމެއް ނޫންކަމަށާއި، މާހެފުމުގެ ތެރޭގައި ޝަރުޢުގައި މަނާކުރައްވާފައިވާކަމެއް ނުކުރާހާ ހިނދަކު އެކަމަކީ ޖާއިޒުކަމެއް ކަމަށް ޑރ. ޝަހީމް ވިދާޅުވި.

މާހެފުމަކީ ދީނީ އަޅުކަމެއްގެ ގޮތުން ކުރާކަމެއް ނޫންކަމަށާއި، އެހެންކަމުން އެއީ ބިދުޢައަކަށް ނުވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަހީމް މިހެން ވިދާޅުވީ މިއަދު އެކްސް ޕްލެޓްފޯމުގައި ކުރެއްވި އެކްސެއްގައެވެ. ރަމަޟާން މަހުގެ ކުރިން މާހެފުމަކީ ރާއްޖޭގެ ޘަޤާފަތުގެ ތެރޭގައި އޮތް އިޖްތިމާޢީ އާދައެއްކަމަށާއި. އަދި އެއީ ދީނީ އަޅުކަމެއްގެ ގޮތުން ކުރާ ކަމަކަށް ނުވާތީ، އެއީ ބިދުޢައަކަށް ނުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މާހެފުމުގެ ތެރޭގައި ޝަރުޢުގައި މަނާކުރައްވާފައިވާކަމެއް ނުކުރާހާ ހިނދަކު އެކަމަކީ ޖާއިޒުކަމެއް," ވަޒީރު ޝަހީމް ވިދާޅުވިއެވެ. "ހަމަ އެގޮތަށް ރަމަޟާން މަހަށް އިސްތިޤުބާލުކުރުމުގެ ގޮތުން ތަންތަން ކުނިކަހައި ސާފުތާހިރުކުރުމާއި ގެދޮރު ޒީނަތްތެރިކުރުމަކީ ރިވެތި އާދައެއް."

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަމަޟާން މަހަށް އިސްތިޤުބާލުކުރުމުގެ ގޮތުން މުސްލިމަކު ކުރާނެ އެންމެ ހެޔޮ ޢަމަލަކީ އިޚުލާޞްތެރި ވުމާއި މަޢާފް ކުރުމާއި ތައުބާ ވުމާއި އަޅުކަމަށް ތައްޔާރުވުމެވެ. އަދި ރަމަޟާންމަހުގެ ދުވަސްތަކަކީ އަޅުކަމުގެ ސަވާބު އިތުރުކުރައްވާ ބަރަކާތްތެރި ދުވަސްތަކެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%