ސިޓީއަށް އެންމެ ބިޑިއެއްވެސް ނޭބުރުނު، އެމްބާޕޭގެ ހެޓްރިކާއެކު ރިއަލް ގަދަ 16 އަށް!

އުސްތާޛް މުޙައްމަދު ޢަލީ | 26 ދުވަސް ކުރިން - 08:36
އެމްބާޕޭ.
އެމްބާޕޭ.
ޚުލާސާ

1-3 ލަނޑުން ރިއަލް މޮޅުވެ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ޖާގަ ކަށަވަރު ކުރިއިރު މެންޗެސްޓަރ ސިޓީއަށް މުބާރާތުގެ ޗެމްޕިއަންކަން ދިފާއުކުރުމުގެ އުންމީދުތައް ވަނީ ފުނޑުފުނޑުވެފަ.

ރިއަލް މެޑްރިޑްގެ ތަރި ކީލިއަން އެމްބާޕޭ ހެޓްރިކެއް ހަދައި، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގުގައި މެންޗެސްޓަރ ސިޓީ 3-1 އިން ބަލިކޮށް، ރިއަލް މެޑްރިޑުން މުބާރާތުގެ ގަދަ 16 އަށް ދަތުރު ކޮށްފިއެވެ.

ރޭ ސްޕެއިންގައި އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ރިއަލް މެޑްރިޑްގެ ތިން ގޯލު ވެސް ޖެހީ އެމްބާޕޭއެވެ. މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އެމްބާޕޭ ޖެހި ގޯލުން ރިއަލް މެޑްރިޑް ލީޑު ނެގިއެވެ. މި ގޯލު ޖެހުމުގައި އޭނާއަށް އެހީތެރިވެދިނީ ޑިފެންޑަރު ރައުލް އެސެންސިއޯއެވެ.

މެޗުގެ 33 ވަނަ މިނެޓުގައި އެމްބާޕޭ ޖެހި ދެވަނަ ގޯލުން ރިއަލް މެޑްރިޑްގެ ލީޑު އިތުރަށް ފުޅާވެގެން ދިޔައެވެ. މި ގޯލު ޖެހުމުގައި އޭނާއަށް އެހީތެރިވެދިނީ ރޮޑްރީގޯއެވެ. އެމްބާޕޭ އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 61 ވަނަ މިނެޓުގައެވެ. މި ގޯލު ޖެހުމުގައި އޭނާއަށް އެހީތެރިވެދިނީ ކެޕްޓަން ފެޑޭ ވަލްވާޑޭއެވެ.

މެންޗެސްޓަރ ސިޓީގެ ހަައެކަނި ގޯލު ފަހު ވަގުތުތަކުގައި ޖެހީ ނީކޯ ގޮންޒާލޭސްއެވެ.

މި މެޗާއެކު ދެ ލެގުގެ ޖުމްލަ ނަތީޖާ އަކީ 6-3 އިން ރިއަލް މެޑްރިޑްގެ ކުރީގައި އޮތުމެވެ. ސިޓީއަކަށް ހަމަ އެންމެ ބިޑިއެއް ވެސް ނޭބުރުނެވެ. މިހެން މިދެންނެވީ މީގެ ކުރިން ސިޓީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި ވެސް އޮތީ ބަލިވެފައެވެ. އެފަހަރު ރިއަލް މެޑްރިޑް މޮޅުވީ 3-2 އިންނެވެ.

މި ކާމިޔާބީއާއެކު ރިއަލް މެޑްރިޑް ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ޖާގަ ކަށަވަރު ކުރިއިރު މެންޗެސްޓަރ ސިޓީއަށް މުބާރާތުގެ ޗެމްޕިއަންކަން ދިފާއުކުރުމުގެ އުންމީދުތައް ވަނީ ފުނޑުފުނޑު ވެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%