ގަވައިދާ ހިލާފަށް މާލޭގައި ވިޔަފާރިކުރި އިތުރު ދެ ބިދޭސީން އިމިގްރޭޝަނުން އަތުލައިފި

އައިޝަތު ރުވާ ރިފްޢަތު | 23 ދުވަސް ކުރިން - 16:32
ފޮޓޯ: އިމިގްރޭޝަން
ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

މި ދެ ބިދޭސީން ހައްޔަރުކުރެވުނީ ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ޚާއްޞަ ރެއިޑު އޮޕަރޭޝަނެއްގެ ތެރެއިންކަމަށް އިމިގްރޭޝަނުން ހާމަކުރި.

ގަވައިދާއި ހިލާފަށް މާލޭ ސަރަހައްދުގައި ވިޔަފާރި ކުރަމުން ދިޔަ އިތުރު ދެ ބިދޭސީން މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ އަތުލައިގަތްކަމަށް އެ އިދާރާއިން މިއަދު ހާމަކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ، މި ދެ ބިދޭސީން ހައްޔަރުކުރެވުނީ ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ޚާއްޞަ ރެއިޑު އޮޕަރޭޝަނެއްގެ ތެރެއިންކަމަށެވެ. މި އޮޕަރޭޝަންގައި މާލޭގައި ހިންގަމުންދާ 5 ކުދި މާރުކޭޓެއް ބަލައި ފާސްކުރެވުނެވެ.

އިމިގްރޭޝަނުން އިތުރަށް ހާމަކުރިގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ޚާއްޞަ އޮޕަރޭޝަންތައް ހިންގަމުންދާއިރު، މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒަވޭޝަން މަސައްކަތްތައް ވެސް ކުރިއަށްދެއެވެ. މިހާތަނަށް 6,076 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލާފައެވެ.

ރައީސް މުޢިއްޒު ސަރުކާރުން ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ޙައްލުކުރުމަށް އިސްކަންދޭކަމަށް ބުނެ، މި މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ރޭވިފައިވާކަމަށް އިމިގްރޭޝަނުން ހާމަކުރިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%