ދޮގު ޚަބަރު ފަތުރާ ނޫހަކާއިމެދު ފިޔަވަޅު އެޅުމަށް ރައީސް އޮފީހުން ނިންމައިފި

ހުސައިން އިސްމާއިލް | 22 ދުވަސް ކުރިން - 16:14
ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު: ދޮގު ޚަބަރު ފަތުރާ މައްސަލަ ސަރުކާރުން މީޑިއާ ކައުންސިލަށް ހުށަހަޅަން ވަނީ ނިންމާފައި. / ފޮޓޯ: ޚުލާޞާ
ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު: ދޮގު ޚަބަރު ފަތުރާ މައްސަލަ ސަރުކާރުން މީޑިއާ ކައުންސިލަށް ހުށަހަޅަން ވަނީ ނިންމާފައި. / ފޮޓޯ: ޚުލާޞާ
ޚުލާސާ

"ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް" މި ސުރުޚީގެ ދަށުން އަދަދު ނޫހުން ގެނެސްދީފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއް. މީޑިއާ ކައުންސިލަށް މައްސަލަ ހުށަހަޅާނެ.

ރައްޔިތުންނަށް އޮޅޭގޮތަށް ދޮގު މަޢުލޫމާތު ފަތުރާފައިވާ ކަމަށް ބުނެ އަދަދު ކިޔާ ނޫހަކާއިމެދު ފިޔަވަޅު އެޅުމަށް ރައީސް އޮފީހުން ނިންމައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ "ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް" މި ސުރުޚީގެ ދަށުން އަދަދު ނޫހުން ގެނެސްދީފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ. އެއްވެސް ޞައްޙަކަމެއް ނެތް މިފަދަ މަޢުލޫމާތު ރައްޔިތުންނަށް އޮޅޭގޮތަށް ގެނެސްދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

ރައީސް އޮފީހުން ބުނީ މި މައްސަލައިގައި އަދަދު ނޫހާމެދު ފިޔަވަޅު އެޅުމަށްޓަކައި މީޑިއާ ކައުންސިލަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ. އަދި މިފަދަ ދޮގު ޚަބަރުތައް ފެތުރުމަކީ ޒިންމާދާރު ނޫސްވެރިކަމުގެ އުސޫލުތަކާއި ޚިލާފު ކަމެއް ކަމަށް ވެސް ރައީސް އޮފީހުން ފާހަގަކޮށްފައި ވެއެވެ.

އަދަދު ނޫހަކީ ވަރަށް ގިނައި ދޮގު ޚަބަރު ފަތުރައި ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ގެއްލުވާލައި، ނަފްރަތު އުފެއްދުމަށް މަސައްކަތްކުރާ ނޫހެއް ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ފާހަގަ ކުރަމުންނެވެ.

ނަމަވެސް، މިހާތަނަށް އެ ނޫހާއި ދެކޮޅަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%