ފުވައްމުލަކުގައި ހުންނަ ޔޫރޯސްޓޯ ގުދަނުން 3 މިލިއަން ރުފިޔާގެ ސިނގިރޭޓު ކޭސް ވަގަށް ނަގައިފި

އާނާ ފަހީމް | 25 ދުވަސް ކުރިން - 21:13
ޔޫރޯ ސްޓޯރުގެ ފިހާރައެއް.
ޔޫރޯ ސްޓޯރުގެ ފިހާރައެއް.
ޚުލާސާ

ފުވައްމުލަކުގައި ހުންނަ ޔޫރޯ ސްޓޯރުގެ ގުދަނަކުން 3 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު 130 ކޭސް ސިނގިރޭޓު ވަގަށް ނެގި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި.

ފުވައްމުލަކުގައި ހުންނަ ޔޫރޯ ސްޓޯރުގެ ގުދަނަކުން ސިނގިރޭޓު ކޭސްތަކެއް ވަގަށް ނަގައިފިއެވެ.

ޔޫރޯގެ ގުދަނުން ވަގަށް ނަގާފައިވަނީ 130 ކޭސް ސިނގިރޭޓުކަމަށް މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައިވެއެވެ.

މިހާރު އާންމުކޮށް ސިނގިރޭޓު ފޮށްޓެއް ވިއްކަނީ 240 ރުފިޔާއަށެވެ. ސިނގިރޭޓު ކޭހެއްގައި އާންމުކޮށް 10 ކާޓަން ސިނގިރޭޓު ހުރެއެވެ. އަދި ކާޓަނެއްގައި ހުންނަނީ 10 ފޮށި ސިނގިރޭޓެވެ. އެހެންކަމުން ވަގަށް ނެގި ސިނގިރޭޓުތަކުގެ އަގު ތިން މިލިއަން ރުފިޔާއަށްވުރެ ބޮޑުވާނެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި މައްސަލަ ތަޙުޤީޤުކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް، އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%