ފަޅު ރަށަކުން މަސްތުވާތަކެއްޗާއެކު 9 މީހުން ހައްޔަރުކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ | 23 ދުވަސް ކުރިން - 13:13
ބ. މާރިކިލުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ހައްޔަރުކުރި 9 މީހުން.
ބ. މާރިކިލުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ހައްޔަރުކުރި 9 މީހުން.
ޚުލާސާ

މި މައްސަލައިގައި 65 އަހަރުގެ މީހާ ކޯޓުން ޝަރުތުކުރުމަށްފަހު ދޫކޮށްލާފައި ވާއިރު، ދެން ތިބި 8 މީހުން ވަނީ 15 ދުވަހަށް ބަންދު ކޮށްފަ.

ބ. މާރިކިލުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ނުވަ މީހުން ހައްޔަރުކޮށްފި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

މި މައްސަލައިގައި 3 ދިވެހިން ހައްޔަރުކުރިއިރު އޭގެ ތެރޭގައި އަންހެނަކު ވެސް ހިމެނެއެވެ. ދެން ތިބީ މުޅިން ވެސް ބިދޭސީންނެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރި 9 މީހުން:

1. އަލްޙާން ރަޝީދު ޙުސައިން (49އ) - މ. ޖަވާހިރުވާދީ، މާލެ

2. މަރްޔަމް ރިފާޢު (25އ) - ޏ. ފުވައްމުލައް / ދިގުވާނޑު، ހޮލެންޑް

3. ޢަބްދުލް މުޙްސިން ޙަސަން (65އ) - ރ. އިނގުރައިދޫ / ވަފާ

4. ކުމަރެސަން ޗިންނައިއަ (20އ) - އިންޑިއާ

5. ދިނޭޝް ސައްމިޔައްޕަން (29އ) - އިންޑިއާ

6. އެލަވެންޑަން ސިވަގުނަނަ ސަންޑަރަމް (39އ) - ސްރީލަންކާ

7. ކަނަގަރާޖު ޕޮންނައްޔަ ސުޕައްޔަ (46އ) - ސްރީލަންކާ

8. މުޙައްމަދު މައްސޫދު (46އ) - ބަނގުލަދޭޝް

9. ސަބެޝަން ނަހާރަޖަ (31އ) - ސްރީލަންކާ


ފުލުހުން ބުނީ މި އޮޕަރޭޝަނުގައި 162 ދަޅު ބަނގުރަލާއި 5 ފުޅި ބަނގުރަލާއި މަސްތުވާތަކެތި ކަމަށް ބެލެވޭ 12.8 ގުރާމްގެ ތަކެތި ފެނިފައިވާ ކަމަށެވެ.

މި މައްސަލައިގައި 65 އަހަރުގެ މީހާ ކޯޓުން ޝަރުތުކުރުމަށްފަހު ދޫކޮށްލާފައި ވާއިރު، ދެން ތިބި 8 މީހުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރު ކުރިއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު އަދި ބ. އަތޮޅު ފުލުހުން ގުޅިގެންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%