ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ކުއާޓާ ފައިނަލަށް އދ. މަހިބަދޫ ފުރަތަމަ ފަހަރަށް ދަތުރުކޮށްފިއެވެ.
މަހިބަދޫއިން ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކުރީ މުބާރާތުގެ ގަދަ 16 ގައި ފ. އަތޮޅުގެ ޗެމްޕިއަން ދަރަނބޫދޫ 4-3 ލަނޑުން ބަލިކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖެހީ މަހިބަދޫގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އެވެ. ނަމަވެސް ދަރަނބޫދޫގެ ސާޖިދު އަހުމަދު އިބްރާހީމް ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އޭގެ ފަހުން މަހިބަދޫގެ އަހުމަދު ޒިފާން އިބްރާހީމް އާއި ސުއައިދު ސައީދު ވަނީ ލަނޑު ޖަހާފައެވެ. ދަރަނބޫދޫގެ މުޒްދާން ހަސަން ވަނީ ދެ ލަނޑު ޖަހާފައެވެ. މަހިބަދޫ މޮޅުކޮށްދިން ލަނޑު ޖެހީ ގާސިމް ސައްމާމް (ސައްމެ) އެވެ.
ކުއާޓާ ފައިނަލުގައި މަހިބަދޫން ކުޅޭނީ ހދ. ނައިވާދޫއާ ދެކޮޅަށެވެ. މި މެޗު އޮންނާނީ އަންގާރަ ދުވަހުގެ ރޭ 8:00 ގައެވެ.