ރަށު އެކްސްޕޯ 2025 ގެ ލަކީ ޑްރޯގެ ނަސީބުވެރި ފަރާތަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ފަރާތުން ހަދިޔާ ހަވާލުކޮށްފިއެވެ. މި ޑްރޯގެ ނަސީބުވެރިޔަކީ ސަމާން ކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދިންގޮތުގައި، ނަސީބުވެރި ފަރާތަށް ލިބުނު ހަދިޔާގައި ހިމެނެނީ ސްޓެލްކޯގެ ކޯޕަރޭޓް ކަލަންޑަރާއި ޑައިރީ ގިފްޓް ޕެކެކެވެ. އަދި މި ޑައިރީގައި ބިލްޓްއިން ވަޔަރލެސް ޗާޖަރެއް ހިމެނޭކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ މިފަދަ ހަދިޔާ ސެޓެއް ކާމިޔާބުކުރުމުގެ ފުރުޞަތު މިއަދާއި މާދަމާ އަދިވެސް އޮތް ކަމަށެވެ. އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ސްޓެލްކޯގެ ބޫތަށް ޒިޔާރަތްކޮށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
ރަށު އެކްސްޕޯއަކީ ފެބްރުވަރީ 13 އިން 15 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ، ދިވެހިރާއްޖޭގައި ޑޮމެސްޓިކް ޓޫރިޒަމް އިޝްތިހާރުކޮށް ކުރިއެރުވުމަށް ބާއްވާ ފުރަތަމަ އެކްސްޕޯއެވެ.