189 ގުރާމް ހެރޮއިންއާއެކު މަންމައާއި އަންހެންދަރިފުޅު ހައްޔަރުކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ | 27 ދުވަސް ކުރިން - 13:55
ފޮޓޯ: ޕޮލިސް
ފޮޓޯ: ޕޮލިސް
ޚުލާސާ

މިމައްސަލައިގައި ހައްޔަރުކުރީ ހަނިމާދޫ ދެމީހުން. އެމީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ވެސް ފެނިފައިވޭ.

ހދ. ހަނިމާދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު އަންހެނަކާއި އޭނާގެ އަންހެން ދަރިފުޅު އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ އަދި ވިޔަފާރިކުރާ ކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހަނިމާދޫގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ކައުންޓަނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ:

  1. ހަނިމާދޫ / މަޔާ ޕެލަސް، އާމިނަތު (56އ)
  2. ހަނިމާދޫ / މަޔާ ޕެލަސް، ފާތިމަތު މާޔާ (25އ)

އެ ދެ މީހުންނަކީ ދެމައިން ކަމެއް ފުލުހުނެއް ނުބުނެ އެވެ. އެކަމަކު ހައްޔަރުކުރީ އަންހެން މީހާއާ އޭނާގެ ދަރިފުޅުކަން "ދެން" އަށް ވަނީ ޔަގީންވެފަ އެވެ.

ފުލުހުން ހިންގި އޮޕަރޭޝަނުގައި، އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 189.69 ގުރާމެވެ.

އެ މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އާމިނަތުގެ ބަންދަށް 5 ދުވަހަށް އަދި މާޔާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%