ކޮޕާ ޑެލް ރޭ - މިފަހަރު އެލް އެލް ކްލާސިކޯ ފައިނަލެއް ބާ؟

އުސްތާޛް މުޙައްމަދު ޢަލީ | 33 ދުވަސް ކުރިން - 09:49
ބާސާ އާއި އެތް؛ލެޓިކޯ މެޑްރިޑް މިމަހު 25 ގައި ކޮޕަ ޑެލް ރޭގެ ސެމީގައި ކުޅޭނެ.
ބާސާ އާއި އެތް؛ލެޓިކޯ މެޑްރިޑް މިމަހު 25 ގައި ކޮޕަ ޑެލް ރޭގެ ސެމީގައި ކުޅޭނެ.
ޚުލާސާ

ސެމީ ފައިނަލްގެ ގުރުއަތުން ދިމާވި ގޮތުން ބާސެލޯނާ އާއި ރިއަލް މެޑްރިޑް ފައިނަލްގައި ބައްދަލުވުމުގެ ފުރުސަތު އެބައޮތް.

ސްޕެއިންގެ ކޮޕާ ޑެލް ރޭ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ގުރުއަތުލުމުން، ބާސެލޯނާ އާއި އަތްލެޓިކޯ މެޑްރިޑް ބައްދަލުވާ ގޮތަށް ހަމަޖެހުނުއިރު އަނެއް ސެމީ ފައިނަލްގައި ރިއަލް މެޑްރިޑް އާއި ރިއަލް ސޮސިއެދާދް ބައްދަލުވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި މެޗުތައް ކުޅޭނީ ދެ ލެގަށެވެ. ފުރަތަމަ ލެގް ކުޅޭނީ ފެބްރުއަރީ މަހުގެ ފަހުކޮޅުގައި ބާސެލޯނާގެ ހޯމް ގްރައުންޑްގައެވެ. ދެވަނަ ލެގް ކުޅޭނީ އޭޕްރިލް މަހުގައި މެޑްރިޑްގައެވެ.

މި ދެ ޓީމު މިމޫސުމުގައި ބައްދަލުވި އެންމެ ފަހުގެ މެޗުގައި އަތްލެޓިކޯ ވަނީ 2-1 އިން މޮޅުވެފައެވެ. ނަމަވެސް ކޯޕާ ޑެލް ރޭގެ ތާރީޚަށް ބަލާއިރު، ބާސެލޯނާ ވަނީ އަތްލެޓިކޯ އާއި ދެކޮޅަށް ކުޅުނު އަށް ސެމީ ފައިނަލްގެ ތެރެއިން ހަ މެޗުގައި ކާމިޔާބު ހޯދާފައެވެ.

ރިއަލް މެޑްރިޑް އާއި ރިއަލް ސޮސިއެދާދްގެ މެޗުގެ ފުރަތަމަ ލެގް ކުޅޭނީ ސޮސިއެދާދްގެ ހޯމް ގްރައުންޑް އަނޯއެޓާގައެވެ. ދެވަނަ ލެގް ކުޅޭނީ މެޑްރިޑްގެ ބަރުނަބިއުގައެވެ. ވުމާއެކު، ބާސެލޯނާ އާއި ރިއަލް މެޑްރިޑް ފައިނަލްގައި ބައްދަލުވުމުގެ ފުރުސަތު އޮތުމާއެކު، ގިނަ އަހަރުތަކަކަށްފަހު އެލް ކްލާސިކޯ ފައިނަލެއް ފެނިދާނެ ކަމަށް ބެލެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%