މެޑްރިޑް އިން ފަހު މިނެޓުގައި ސިޓީ ހިތްދަތި ކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ | 34 ދުވަސް ކުރިން - 10:35
ރިއަލް މެޑްރިޑުން ރޭ ސިޓީ ބަލިކޮށްލައި އުފާ ފާޅުކުރަނީ.
ރިއަލް މެޑްރިޑުން ރޭ ސިޓީ ބަލިކޮށްލައި އުފާ ފާޅުކުރަނީ.
ޚުލާސާ

ސިޓީއިން ގޯލުޖަހައި ލީޑު ނަގާއިރަށް މެޑްރިޑުން އެއްވަރުކޮށް އެންމެފަހުން މެޗު ނިންމާލީ 3-2 އިން ރިއަލް މެޑްރިޑް މޮޅުވެގެން. ސިޓީ އަށް ދެން އޮތީ 19 ވަނަ ދުވަހަށް އިންތިޒާރުކުރުން.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ދިޔުމަށް ކުޅުނު ފޯރި ގަދަ މެޗުގައި ރިއަލް މެޑްރިޑް އިން ފަހު މިނެޓުގައި މެންޗެސްޓަރ ސިޓީ ހިތްދަތިކޮށްލައި 3-2 އިން މޮޅުވެއްޖެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގާޑިއޯލާގެ ސިޓީ އިން ވަނީ ހާލަންޑްގެ ގޯލަކުން ލީޑު ވެސް ނަގާފައެވެ. ނަމަވެސް ދެވަނަ ހާފުގައި ރިއަލްގެ ކީލިއަން އެމްބާޕޭ ވަނީ ގޯލެއް ޖަހައި ހަމަހަމަ ކޮށްދީފައެވެ. އޭގެ ފަހުން ސިޓީ އިން ވަނީ ޕެނަލްޓީއަކުން އަނެއްކާ ވެސް ލީޑު ނަގާފައެވެ.

ދެން ފެނުނީ ރިއަލްގެ ޕްލޭން ބަދަލުކޮށްލި މަންޒަރެވެ. މެޗުގެ ފަހު 10 މިނެޓުގައި ރިއަލް މެޑްރިޑް އިން ވަނީ ދެ ގޯލު ޖަހައި މެޗު އަތުލައިގަނެފައެވެ. ފުރަތަމަ ބްރަހިމް ޑިއާސް ވަނީ ގޯލު ޖަހައި ހަމަހަމަ ކޮށްފައެވެ. އޭގެފަހުން ބުރެޒިލްގެ ވިނީޝިއުސް ކުރި އެޓޭކެއްގައި، ކީޕަރު އެޑަސަން ބޯމަތިން ހިއްލައިލި ބޯޅަ އަށް އަރައި، ބެލިންހަމް ޖެހި ރީތި ގޯލާއެކު ވަނީ ގާޑިއޯލާގެ ޓީމާއި އޭނާގެ އެތައް ހާސް ސަޕޯޓަރުން މާޔޫސް ކޮށްލުވާފައެވެ.

މި ނަތީޖާގެ ސަބަބުން ސިޓީއަށް ދެން އޮތީ ދެވަނަ ލެގުގައި ރިއަލްގެ މައްޗަށް ކޮންމެހެން ވެސް ކުރި ހޯދުމެވެ. އެހެން ނޫންނަމަ ދެން ޖެހޭނީ ގަދަ 16އިގެ މަތިން ހަނދާން ނައްތާލުމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%