ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ ޒޯން އަށެއްގެ ފައިނަލުގައި ވިލިމާލޭން މައްޗަންގޮޅީ އަތުން 4-1 އިން މޮޅުވެ، ފުރަތަމަ ފަހަރަށް މާލޭ ސިޓީ ޓީމުތަކަށް ޚާއްޞަކޮށްފައިވާ ޒޯނުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިދިޔަ އަހަރު ވިލިމާލެ ވަނީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން މާފަންނު އަތުން ބަލިވެފައެވެ. ނަމަވެސް މި އަހަރު ވިލިމާލޭން ވަނީ އެ ހިތި ތަޖުރިބާ ފޮހެލައި، މުޅި މުބާރާތުގެ ނޮކްއައުޓް ބުރަށް ޒޯން ތަށްޓާއެކު ދަތުރުކުރުމުގެ ފުރުޞަތު ހޯދައިފައެވެ.
ވިލިމާލެއިން ޒޯން އަށެއްގެ ޗެމްޕިއަންކަން ހޯދިއިރު، މި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމު ހޯދީ ވިލިމާލޭގެ ބައްކުއެވެ.