ކުޑަހުވަދޫ ހަމަ މޮޅީ! ޖެހިޖެހިގެން ތިންވަނަ ފަހަރަށް ތަށި!

އުސްތާޛް މުޙައްމަދު ޢަލީ | 31 ދުވަސް ކުރިން - 02:36
ކުޑަހުވަދޫ ޓީމުން ތައްޓާއެކު އުފާ ފާޅުކުރަނީ.
ކުޑަހުވަދޫ ޓީމުން ތައްޓާއެކު އުފާ ފާޅުކުރަނީ.
ޚުލާސާ

ކުޑަހުވަދޫގެ ފަހު މިނިޓުތަކުގެ މޮޅު ކުޅުމުން ދަރަނބޫދޫގެ ލީޑު ފޮހެލައި ޒޯން ފަހެއްގެ ތަށި ޖެހިޖެހިގެން ތިންވަނަ ފަހަރަށް އުފުލާލައިފި!

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ފަހެއްގެ ފައިނަލުގައި ދ. ކުޑަހުވަދޫ އިން ފަހަތުން އަރައި، ފ. އަތޮޅު ޗެމްޕިއަން ދަރަނބޫދޫ 5-3 އިން ބަލިކޮށް، ޒޯން ޗެމްޕިއަންކަން ތިންވަނަ ފަހަރަށް ހޯދައިފިއެވެ.

މެޗުގެ ފުރަތަމަ މިނިޓުތަކުގައި ދަރަނބޫދޫ އިން ލީޑު ނެގި ނަމަވެސް، ކުޑަހުވަދޫ އިން ވަނީ ނަތީޖާ ހަމަހަމަކޮށް، ފަހުން ލީޑު ވެސް ނަގާފައެވެ. އެހެންނަމަވެސް، މެޗުގެ ދެވަނަ ހާފުގައި ދަރަނބޫދޫ އިން އަނެއްކާވެސް ލީޑު ނެގުމުން، ކުޑަހުވަދޫ އަށް ކާމިޔާބު ލިބުނީ މެޗުގެ ފަހު ތިން މިނިޓުގެ ތެރޭގައި ދެއްކި ތަފާތު ކުޅުމަކުންނެވެ.

މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް، ކުޑަހުވަދޫގެ މުހައްމަދު އަރީޝް ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެ ތިން މިނިޓް ފަހުން އަރީޝް ވަނީ އިތުރު ގޯލެއް ޖަހައި ކުޑަހުވަދޫ އަށް ލީޑު ހޯދައިދީފައެވެ. އަދި މެޗުގެ ފަހު މިނިޓުތަކުގައި ޖުމައިލް ޖަމީލް (ޖުމްބެ) ވަނީ އިތުރު ގޯލެއް ޖަހައިދީފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯނަށް ބަދަލު ގެނައި ފަހުން މި ޒޯނުގެ ޗެމްޕިއަންކަން ހޯދަމުން އައީ ކުޑަހުވަދޫ އިންނެވެ. މިއީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ކުޑަހުވަދޫ އިން މި ޒޯނުގެ ތަށި އުފުލާލި ފަހަރެވެ.

މި އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ ކުޑަހުވަދޫގެ ޖުމައިލް ޖަމީލް (ޖުމްބެ) އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ޣހހ

30 ދުވަސް ކުރިން - 16:29

ޒޯން އޭ ކިޔަަފަ ނިންމާލަނީ މި އަތޮޅު ގެ 😅😅😅