ސައްހަ ނޫން ބޭންކް ސްލިޕެއް ބޭނުންކޮށްގެން މަކަރާއި ހީލަތުން ވިޔަފާރިކުރި މައްސަލައެއްގައި ދެމީހަކު ހޯދުމަށް ފުލުހުން އިޢުލާނުކޮށްފިއެވެ. މި މައްސަލަ ތަޙުޤީޤު ކުރަމުން ދަނީ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުންނެވެ.
ފުލުހުން ހޯދަމުންދާ ދެ މީހުންނަކީ:
1. ހަސަން ޝާން، ހ. ފެންތިލަގެ / މާލެ (44 އަހަރު)
2. އަޙްމަދު ޒަޔާން، ކަށިފަށުވިގެ / ސ. ހިތަދޫ (25 އަހަރު)
މި ދެ މީހުން ވެސް މި މަހުގެ 18 ވަނަ ދުވަހު ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުވުމަށް ފުލުހުން އަންގާފައި ވެއެވެ.
ހަސަން ޝާން ހާޒިރުވުމަށް އަންގާފައިވަނީ އެ ދުވަހުގެ 10:00 އަށެވެ. އަދި އަޙްމަދު ޒަޔާން ހާޒިރުވުމަށް އަންގާފައިވަނީ އެ ދުވަހުގެ 14:00 އަށެވެ.