ކުޅުންތެރިއަކު މަދުވިޔަސް ބާސެލޯނާއިން ސެވިއްޔާ 4-1 އިން ބަލިކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ | 36 ދުވަސް ކުރިން - 10:34
ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ.
ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ.
ޚުލާސާ

ބާސާ ރޭ މޮޅުވުމުން ލީގުގެ 1 ވަނައިގައި އޮތް ރިއަލް މެޑްރިޑާއި ދެމެދު ބާކީ އޮތީ 2 ޕޮއިންޓުގެ ފަރަގެއް.

ސްޕެނިޝް ލާ ލީގާގައި ރޭ ބާސެލޯނާއިން 4-1 އިން ސެވިއްޔާ ބަލިކޮށްފިއެވެ. މި މެޗުގައި ބާސެލޯނާ ކުޅެން ޖެހުނީ ކުޅުންތެރިއަކު މަދުކޮށެވެ. މިއާއެކު ބާސެލޯނާއިން ވަނީ ލީގުގެ އެއްވަނައިގައި އޮތް ރިއަލް މެޑްރިޑާއި ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ކުޑަކޮށްފައެވެ.

ލީގުގެ އެއްވަނައިގައި އޮތް ރިއަލް މެޑްރިޑާއި ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު އެއްވަރުވުމުގެ ފައިދާ ބާސެލޯނާއިން ވަނީ ނަގާފައެވެ.

މިހާރު ލީގުގެ ޕޮއިންޓު ތާވަލަށް ބަލާއިރު:

- ރެއާލް މެޑްރިޑް: 23 މެޗުން 50 ޕޮއިންޓް (އެއްވަނަ)

- އެތްލެޓިކޯ މެޑްރިޑް: 23 މެޗުން 49 ޕޮއިންޓް (ދެވަނަ)

- ބާސެލޯނާ: 23 މެޗުން 48 ޕޮއިންޓް (ތިންވަނަ)

ރޭގެ މެޗުގެ 7 ވަނަ މިނެޓްގައި ރޮބަޓް ލެވަންޑޯސްކީ ވަނީ ބާސެލޯނާއަށް ލީޑު ހޯދައިދީފައއވެ. މިއީ ލީގުގައި އޭނާގެ 19 ވަނަ ގޯލެވެ.

އެ ގޯލު ޖެހިތަނާ ދެން ފެނުނީ ރުބެން ވާގާސް ސެވިއްޔާއަށް އެއްވަރުކޮށްދިން ތަނެވެ.

ނަމަވެސް 46 ވަނަ މިނެޓްގައި ފާމިން ލޮޕޭޒް ބާސެލޯނާއަށް އަލުން ލީޑު ހޯދައިދިނެވެ. އޭގެފަހުން ރަފީނިއާ ބާސެލޯނާގެ ލީޑު އިތުރަށް ފުޅާކޮށްދިނެވެ. މެޗުގެ 62 ވަނަ މިނެޓުގައި ފާމިން ލޮޕޭޒްއަށް ސީދާ ރަތް ކާޑު ދެއްކުމާއެކު ބާސެލޯނާ އަށް ޖެހުނީ ކުޅުންތެރިއަކު މަދުން މެޗުގެ ބާކީ އޮތް ބައި ފުރިހަމަކުރާށެވެ.

ބާސާއިން އަނެއް ގޯލް ޖެހީ 89 ވަނަ މިނެޓްގައި އެރިކް ގާސިއާ އެވެ.

މި ނަތީޖާއާއެކު ބާސެލޯނާއަށް ވަނީ ލީގުގެ ޓޮޕް ތްރީގައި ހިފަހައްޓައި، އުއްމީދު އާކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%