އެސްޓޯނިއާއިން ރަޝިއާ އަދި ބެލަރޫސް އާއި ގުޅިފައިވާ ހަކަތައިގެ ނިޒާމުން ވަކިވެއްޖެ

ޖަވާދު | 31 ދުވަސް ކުރިން - 11:29
އެސްޓޯނިއާ، ލެޓްވިއާ އަދި ލިތުއޭނިއާއިން ރަޝިއާއާއި ބެލަރޫސް ގުޅިފައިވާ ހަކަތަ ވިއުގައިން ވަކިވެއްޖެ.
އެސްޓޯނިއާ، ލެޓްވިއާ އަދި ލިތުއޭނިއާއިން ރަޝިއާއާއި ބެލަރޫސް ގުޅިފައިވާ ހަކަތަ ވިއުގައިން ވަކިވެއްޖެ.
ޚުލާސާ

ޔޫރަޕްގެ އެދުމުގެ މަތީން އެސްޓޯނިއާ، ލެޓްވިއާ އަދި ލިތުއޭނިއާއިން ރަޝިއާއާއި ބެލަރޫސް ގުޅިފައިވާ ހަކަތަ ވިއުގައިން ވަކިވެއްޖެ. ޔޫރަޕުން ފޯރުކޮށްދޭ ހަކަތަ ރަޝިއާ އަށްވުރެ އަގު ބޮޑުވާނެ.

ބޯލްޓިކް ޤައުމުތަކުގެ ތެރެއިން ލިތުއޭނިއާ، ލެޓްވިއާ އަދި އެސްޓޯނިއާއިން ރަޝިއާ އަދި ބެލަރޫސް އާއި ގުޅިފައިވާ ހަކަތައިގެ ނިޒާމުން ވަކިވެއްޖެއެވެ.

ސޯވިއެޓް ޔޫނިއަން ރޫޅުނު ފަހުން އުފެއްދި ބީރެލް (ބެލަރޫސް، ރަޝިއާ، އެސްޓޯނިއާ، ލެޓްވިއާ، ލިތުއޭނިއާ) ނިޒާމަކީ ކުރީގެ ސޯވިއެޓް ޔޫނިއަންގެ ޤައުމުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު ފޯރުކޮށްދިނުމަށް އުފެއްދި ނިޒާމެކެވެ.

މިނިވަން ޤައުމުތަކެއްގެ ގޮތުގައި، ލިތުއޭނިއާ، ލެޓްވިއާ އަދި އެސްޓޯނިއާ އިން ވަނީ ޔޫރަޕާއި ގުޅުން ބަދަހިކުރުމުގެ ސިޔާސަތެއް ގެންގުޅެން ފަށައި، ރަޝިއާ އަދި ބެލަރޫސް އާއި ވަކިވެ، އެ ޤައުމުތަކާއި ގުޅިފައިވާ ހުރިހާ މަޝްރޫޢުތަކަކުން ވަކިވާން ފަށާފައެވެ. މި ޤައުމުތަކުން ރަޝިއާ އާއި ވަކިވީ ޔޫރަޕްގެ ޤައުމުތަކުގެ އެދުމުގެ މަތިންނެވެ.

2018 ގައި މި ތިން ޤައުމުން ވަނީ ޔޫރަޕިއަން ކޮމިޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށް، އެ ޤައުމުތަކުގެ ކަރަންޓު ވިއުގަ ޔޫރަޕިއަން ނެޓްވޯކް އޮފް ޓްރާންސްމިޝަން ސިސްޓަމް އޮޕަރޭޓަރސް ފޮރ އިލެކްޓްރިސިޓީ (އެންޓްސޯ-އީ) އާއި ގުޅުވުމަށް އެއްބަސްވެފައެވެ.

ޔޫރަޕިއަން ކަރަންޓު ވިއުގައަށް ބަދަލުވުން ކުރިއަށްދާނީ ދެ މަރުހަލާއެއްގައެވެ. ހޮނިހިރު ދުވަހު ބޯލްޓިކް ޤައުމުތައް ވަނީ ރަޝިއާ އަދި ބެލަރޫސް އިން ވަކިވެ، 24 ގަޑިއިރު ވަކިން މަސައްކަތްކުރުމަށް ހަމަޖެހިފައެވެ. އެއްވެސް މައްސަލައެއް ނުޖެހޭނަމަ، މިއަދު ޔޫރަޕިއަން ވިއުގައާއި ގުޅޭނެއެވެ.

ރަޝިއާގެ ޑެޕިއުޓީ ބޮޑުވަޒީރު އަލެކްސަންޑަރ ނޮވަކް ވިދާޅުވީ ބޯލްޓިކް ޤައުމުތަކުން އަމިއްލައަށް މި މަގު ޚިޔާރުކުރީ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ބަދަލުގެ ސަބަބުން ދިމާވެދާނެ ޓެކްނިކަލް އަދި އިޤްތިޞާދީ ދަތިތައް އަދި ވަޒަންކުރަން ޖެހެއެވެ.

ބައެއް މާހިރުން ފާހަގަކުރާ ގޮތުގައި މި ބަދަލުގެ ސަބަބުން ބޯލްޓިކް ޤައުމުތަކުގެ ކަސްޓަމަރުންނަށް ހަކަތައިގެ އަގު ބޮޑުވެދާނެއެވެ. އެއީ ރަޝިއާ އަކީ ހަކަތަ ގިނަ ޤައުމަކަށް ވެފައި ރަޝިއާ ފޯރުކޮށްދޭހާ ހެޔޮ އަގެއްގައި ޔޫރަޕަށް އެސްޓޯނިއާ އާއި ލެޓްވިއާ އަދި ލިތުއޭނިއާ އަށް ހަކަތަ ފޯރުކޮށެއް ނުދެވޭނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%