6000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށް 24000 މީހުން ޤަވާޢިދަށް ފައްތައިފި

ހުސައިން އިސްމާއިލް | 34 ދުވަސް ކުރިން - 18:26
އިމިގްރޭޝަން އޮފިސަރުންތަކެއް ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން: މިހާތަނަށް 6076 ބިދޭސީން ވަނީ ޑީޕޯޓް ކޮށްފައި. / ފޮޓޯ: އިމިގްރޭޝަން.
އިމިގްރޭޝަން އޮފިސަރުންތަކެއް ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން: މިހާތަނަށް 6076 ބިދޭސީން ވަނީ ޑީޕޯޓް ކޮށްފައި. / ފޮޓޯ: އިމިގްރޭޝަން.
ޚުލާސާ

"އޮޕަރޭޝަން ކުރަނގީގެ" ނަމުގައި 2024 ގައި ފެށި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 59 ރަށެއްގައި ދިރިއުޅޭ 43،294 ބިދޭސީންގެ މަޢުލޫމާތު ސަރުކާރުން ވަނީ އެއްކޮށްފަ.

6000 އަށް ވުރެ ގިނަ ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށް 24000 މީހުން ޤަވާޢިދަށް ފައްތައިފި ކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިހާތަނަށް ރާއްޖޭގައި ޤަވާޢިދާއި ޚިލާފަށް އުޅުނު 6،076 ބިދޭސީން ވަނީ ޑީޕޯޓްކޮށްލާފައި ވާއިރު، ފާއިތުވި 5 އަހަރުގައި ޑީޕޯޓްކޮށްފައިވަނީ 2،649 ބިދޭސީންނެވެ.

މީގެ އިތުރުން، "އޮޕަރޭޝަން ކުރަނގީގެ" ނަމުގައި 2024 ވަނަ އަހަރުގެ މޭ 2 ވަނަ ދުވަހު ފެށި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 59 ރަށެއްގައި ދިރިއުޅޭ 43،294 ބިދޭސީންގެ މަޢުލޫމާތު ސަރުކާރުން ވަނީ އެއްކޮށްފައެވެ.

އޭގެ ތެރެއިން 24،540 ބިދޭސީން ވަނީ ރެގިއުލަރައިޒް ކުރެވިފައެވެ. މިއީ ކުރީގެ 5 އަހަރުގައި ރެގިއުލަރައިޒްކުރެވުނު މީހުންނަށް ވުރެ 3115 މީހުންގެ އިތުރުވުމެއްކަން ފާހަގަ ކުރެވެއެވެ.

މިދިޔަ 5 އަހަރުގައި ރެގިއުލަރައިޒް ކުރެވުނީ 21،425 ބިދޭސީންނެވެ.

ސަރުކާރުން މި މައްސަލަ ހައްލުކުރުމަށް އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި "އިމިގްރޭޝަން ވޮޗް" ނަމުގައި މައްސަލަ ރިޕޯޓްކުރުމުގެ ނިޒާމެއް ޤާއިމުކުރުމާއި، ގަވާއިދާއި ޚިލާފަށް ރާއްޖޭގައި މަސްތުވާ ތަކެތި ނުވަތަ ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ބިދޭސީން 24 ގަޑިއިރުގެ ތެރޭގައި ޑީޕޯޓްކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނޭކަން ފާހަގަ ކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%