މައިމީހާއާއި ދަރިފުޅު ނިޔާވި ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ވޭތޯ ބެލުމަށް ޖިނާޢީ ތަޙުޤީޤެއް ކުރަނީ

އަައިޝަތު ޒީނާ | 34 ދުވަސް ކުރިން - 12:41
ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާން.
ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާން.
ޚުލާސާ

އިހުސާން ވިދާޅުވީ އެ ހާދިސާގައި އިހުމާލުވެފައިވާ ފަރާތެއްވާނަމަ އެފަރާތެއް ނުވަތަ ފަރާތްތަކެއް ހޯދާ ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ފަރާތުން ދިވެހި ފުލުހުންނަށް އަންގާފައިވާ ކަމަށް.

މައިމީހާއާއި ދަރިފުޅު ނިޔާވި ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ވޭތޯ ބެލުމަށް ޖިނާޢީ ތަޙުޤީޤެއް ކުރަން ނިންމައިފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގއ. ވިލިގިލީގައި ކުޑަކުއްޖަކާއި އެކުއްޖާގެ މަންމަ ނިޔާވެފައިވާ ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ޖިނާޢީ ތަޙުޤީޤެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

އިހުސާން ވިދާޅުވީ އެ ހާދިސާގައި އިހުމާލުވެފައިވާ ފަރާތެއްވާނަމަ އެފަރާތެއް ނުވަތަ ފަރާތްތަކެއް ހޯދާ ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ފަރާތުން ދިވެހި ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

މި ހާދިސާ ހިނގި ގޮތް ބަލަމުން އަންނަ ކަމަށާއި، އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ޞިއްޙީ ވުޒާރާއިން ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން، މި ހާދިސާ ހިނގާފައިވަނީ ދެމައިންނަށް ބޭނުންވާ އާލާތްތައް އެއަރ އެމްބިއުލާންސްގައި ނެތުމުން ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. އެކަމާ ގުޅޭ ގޮތުން މޯލްޑިވިއަން އިން އިއްޔެ ބުނެފައިވަނީ އެއަރ އެމްބިއުލާންސް އޮޕަރޭޓްކޮށްފައިވަނީ މޯލްޑިވްސް އިމަރޖެންސީ މެޑިކަލް ސަރވިސަސްއާއި ގުޅިގެން، ދެމައިން މެޑިކަލް އިވެކުއޭޓް ކުރުމަށް ބޭނުންވާ އާލާތްތަކާއެކު ޕްރޮޓޮކޯލްގެ ދަށުން ކަމަށެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ގއ. ވިލިނގިލީ ޒަމާނީވިލާ ޝިއުނާ ތައުފީގާއި ޝިއުނާ ވިހެއި އޭނާގެ 3 ވަނަ ދަރިފުޅެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%