މާސެލޯ މިއަދު ފުޓުބޯޅައިން ރިޓަޔާ ކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ | 40 ދުވަސް ކުރިން - 19:13
މާސެލޯ: ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ލެފްޓް ވިންގް / ފޮޓޯ: ރިއަލް މެޑްރިޑް.
މާސެލޯ: ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ލެފްޓް ވިންގް / ފޮޓޯ: ރިއަލް މެޑްރިޑް.
ޚުލާސާ

2006 ގައި އުމުރުން 18 އަހަރުގައި ރިއަލް މެޑްރިޑާއި ގުޅުނު މާސެލޯ ވަނީ 16 ސީޒަނުގައި 546 މެޗު ކުޅެ، 25 ތަށި ހޯދައިދީފަ.

ރިއަލް މެޑްރިޑްގެ ތާރީޚުގައި އެންމެ ކާމިޔާބު އެއް ދަނޑިވަޅުގައި މުހިންމު ދައުރެއް އަދާކުރި ބްރެޒިލްގެ ތަރި މާސެލޯ ޕްރޮފެޝަނަލް ފުޓްބޯޅައިން މިއަދު ރަސްމީކޮށް ރިޓަޔާ ކޮށްފިއެވެ.

2006 ވަނަ އަހަރު އުމުރުން 18 އަހަރުގައި ރިއަލް މެޑްރިޑާއި ގުޅުނު މާސެލޯ ވަނީ 16 ސީޒަނުގައި 546 މެޗު ކުޅެ، 25 ތަށި ހޯދައިދީފައެވެ. މީގެ ތެރޭގައި 5 ޗެމްޕިއަންސް ލީގު ޓްރޮފީއާއި، 4 ކްލަބް ވޯލްޑް ކަޕް، 3 ޔޫއެފާ ސުޕަރ ކަޕް، 6 ލަ ލީގާ ޓްރޮފީ، 2 ކޯޕާ ޑެލް ރޭ އަދި 5 ސްޕެނިޝް ސުޕަރ ކަޕް ހިމެނެއެވެ.

މާސެލޯގެ ހުނަރުވެރިކަމާއި ރިއަލް މެޑްރިޑަށް އޭނާ ދެއްކި ވަފާތެރިކަން ފާހަގަކޮށް، އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ މާސެލޯއަކީ "ރިއަލް މެޑްރިޑް އަދި ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚުގައި އެންމެ މޮޅު ލެފްޓް ބެކުންގެ ތެރެއިން އެކެއް" ކަމަށް ބުނެފައެވެ.

ރިއަލް މެޑްރިޑުގެ އިތުރުން މާސެލޯ ވަނީ ބްރެޒިލްގެ ޤައުމީ ޓީމާއެކު 2013 ވަނަ އަހަރުގެ ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބުކޮށް، 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގައި ރިހި މެޑަލް އަދި 2008 ވަނަ އަހަރުގެ ބެއިޖިންގ އޮލިމްޕިކްސްގައި ލޯ މެޑަލް ހޯދާފައެވެ. އަދި ފްލުމިނެންސޭ އެފްސީ އާއެކު ކޯޕާ ލިބަޓަޑޯރެސް އާއި ރެކޯޕާ ސުޑަމެރިކާނާ ވެސް ކާމިޔާބުކޮށްފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%