ހަމަނުޖެހުން ހިންގުމުގެ ނިޔަތުގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަން ފަށައިފި

ހުސައިން އިސްމާއިލް | 34 ދުވަސް ކުރިން - 09:11
ޖަލްސާ އަޑުއެހުމަށް ކަމަށް ބުނެ ހަމަޖެހުން ނަގައިލުމަށް އެމްޑީޕީން މަޖިލިސް ދޮށަށް ފޮނުވާފައިވާ ބައެއް އެކްޓިވިސްޓުން / ފޮޓޯ: ސޯޝަލް މީޑިއާ
ޖަލްސާ އަޑުއެހުމަށް ކަމަށް ބުނެ ހަމަޖެހުން ނަގައިލުމަށް އެމްޑީޕީން މަޖިލިސް ދޮށަށް ފޮނުވާފައިވާ ބައެއް އެކްޓިވިސްޓުން / ފޮޓޯ: ސޯޝަލް މީޑިއާ
ޚުލާސާ

އެމްޑީޕީން އިއްޔެ ބުނީ މިއަދު މަޖިލިސްކުރާ ގޭދޮށަށް އެމްޑީޕީ މީހުން ދާނީ ރިޔާސީ ބަޔާން އަޑުއެހުމަށް ކަމަށް. އެހެންނަމަވެސް ފެނިގެންދަނީ އެމްޑީޕީ އެކްޓިވިސްޓުން އެކިކަހަލަ ތަކެތި ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން ގޮސް ތިބި މަންޒަރު.

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ފެށުމަށް މިއަދު ބާއްވާ ޖަލްސާ އާއި ދިމާކޮށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މާލޭގައި ހަމަނުޖެހުން ހިންގުމުގެ ނިޔަތުގައި މަގުމައްޗަށް ނުކުންނަން ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމަށް ވަޑައިގަންނަވާތީވެ މަޖިލިސް ކައިރީގައި ފުލުހުން ޙަރަކާތްތެރިވަމުންނެވެ.

އެމްޑީޕީގެ ސަޕޯޓަރުން އެއްވެ ތިބީ މަޖީދިއްޔާ ސްކޫލް ކަންމަތީގައެވެ. އެ ޕާޓީން އިއްޔެ ބުނީ މިއަދު މަޖިލިސްކުރާ ގޭދޮށަށް އެމްޑީޕީ މީހުން ދާނީ ރިޔާސީ ބަޔާން އަޑުއެހުމަށެވެ.

އެހެންނަމަވެސް އެއާއި ޚިލާފަށް ފެނިގެންދަނީ އެމްޑީޕީގެ އެކްޓިވިސްޓުން މި އެއްވުމުގައި އެކިކަހަލަ ތަކެތި ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން ގޮސް ތިބި މަންޒަރެވެ.

މިއީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި، ރައީސް މުޢިއްޒުގެ އިސްތިޢުފާއަށް ގޮވާލައި އެމްޑީޕީން ކުރިއަށްގެންދާ ސިލްސިލާ އެއްވުންތަކުގެ ތެރެއިން އެއްވުމެކެވެ. ރަށްރަށުން މީހުން ގެނެސް މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި އެއްވުމެއް ބޭއްވުމަށްފަހު، މިއަދު މަޖިލިސް ދޮށަށް އެއްވެ ހަމަނުޖެހުން އުފެއްދުމަށް އެމްޑީޕީން މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވާއިރު މިއީ އެމަނިކުފާނުގެ ދެވަނަ ރިޔާސީ ބަޔާނެވެ. ފުރަތަމަ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ޢަޒުމް ކަނޑައެޅުއްވި ހުރިހާ ކަމެއް ގާތްގަނޑަކަށް ވަނީ ކާމިޔާބުވެފައެވެ. އޭގެތެރޭގައި އެންމެ ޚާއްޞަ ކަމަކީ ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތް ކޮށްދިނުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%