އެމްޑީޕީގެ އިނގުރައިދޫ ދާއިރާގެ ރައީސްކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު އިންތިޚާބަކާއި ނުލައި ހޮވިއްޖެއެވެ. އެމްޑީޕީން ނެރުނު އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، މި މަޤާމަށް ކުރިމަތިލި އަނެއް ކެންޑިޑޭޓް ސަލީމް ހުސެއިން ނަން އަނބުރާ ގެންދިއުމާއި ގުޅިގެން އިލްހާމް ވަނީ އިންތިޚާބަކާއި ނުލައި ހޮވިފައެވެ.
އިލްހާމް އެމްޑީޕީއާއި ގުޅުނީ މިދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ތެރޭގައެވެ. 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 21 ގައި އޭނާ ވަނީ އެމްޑީޕީ އަށް ސޮއި ކޮށްފައެވެ. އޭގެ ކުރިން އޭނާ ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ތާއީދުކުރައްވާފައެވެ.
ސިޔާސީ މައިދާނުގައި ގިނަ ޕާޓީތަކުން އިލްހާމް ވަނީ ފެނިފައެވެ.