ބްރިޖު ހައިވޭގައި އަނެއްކާވެސް އެކްސިޑެންޓެއް ހިނގައިފި

އައިޝަތު ރުވާ ރިފްޢަތު | 37 ދުވަސް ކުރިން - 22:05
ބްރިޖު ހައިވޭ/ ފޮޓޯ: ހުލާސާ
ބްރިޖު ހައިވޭ/ ފޮޓޯ: ހުލާސާ
ޚުލާސާ

މި އެކްސިޑެންޓު ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށްދާ ލޭނުގެ ހައިވޭމަތިން މަގު ފުޅާވާ ސަރަހައްދުގައެވެ. އެކްސިޑެންޓު ހިނގި ސަރަހައްދުން ކަރަކާއި ޕިކަޕެއް ފެނޭ.

މިރޭ 9:00 ޖަހާއިރު ބްރިޖު ހައިވޭގައި އަނެއްކާވެސް ބޮޑު އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓުގައި ދެ އުޅަނދަށްވުރެ ގިނަ އުޅަނދު ހިމެނޭ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދާ ލޭނުގެ ހައިވޭމަތިން މަގު ފުޅާވާ ސަރަހައްދުގައިކަމަށާއި އެކްސިޑެންޓު ހިނގި ސަރަހައްދުން ކަރަކާއި ޕިކަޕެއް ފެންނަ ކަމަށްވެސް މަންޒަރު ދުށް ފަރާތަކުން ބުންޏެވެ.

މި އެކްސިޑެންޓަކީ މިދިޔަ ހޮނިހިރު ދުވަހު ހިނގި ހިތާމަވެރި އެކްސިޑެންޓުގެ ފަހުން ހައިވޭގައި ހިނގި ފުރަތަމަ ބޮޑު އެކްސިޑެންޓެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%