މޮޅަށް ކުޅުނު ދެއްވަދޫ ބަލިވެއްޖެ، އައްޑޫ ދެ ޓީމު ސެމީއަށް

އުސްތާޛް މުޙައްމަދު ޢަލީ | 39 ދުވަސް ކުރިން - 10:05
ދަޑިމަގުގެ ކީޕަރު ދެއްވަދޫގެ ގިނަ ހަމަލާތައް ހުއްޓުވި.
ދަޑިމަގުގެ ކީޕަރު ދެއްވަދޫގެ ގިނަ ހަމަލާތައް ހުއްޓުވި.
ޚުލާސާ

މޮޅަށް ކުޅުނު ދެއްވަދޫ ބަލިވީ ދަޑިމަގުނއަތުން 2-1 ގެ ނަތީޖާއިން. ހިތަދޫ އާއި ފޭދޫ ވަނީ ސެމީއަށް ގޮސްފައި.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ރޭ ފުވައްމުލަކު ދަޑިމަގާއި ދެކޮޅަށް މޮޅަށް ކުޅުނު ގއ. ދެއްވަދޫ ބަލިވެއްޖެއެވެ. ޒޯން 7 ގެ މެޗުގައި ދަޑިމަގާއި ދެކޮޅަށް ކުޅެ ދެއްވަދޫ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

ދެއްވަދޫ އިން ގިނަ ޙަމަލާތައް ވެސް އުފެއްދިއެވެ. ނަމަވެސް ގއ. ގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަށް ދަޑިމަގު ބަލިކުރެވޭނެ ގޮތެއް ނުވިއެވެ.

މި ޒޯނުގެ ސެމީ ފައިނަލުން އައްޑޫ ސިޓީގެ ދެ ޓީމު ކަމަށްވާ ހިތަދޫ އާއި ފޭދޫން ވަނީ ޖާގަ ޔަގީން ކޮށްފައެވެ.

ޒޯން 7 ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ. ފުރަތަމަ ގްރޫޕްގައި ހިމެނެނީ ގއ. ގެ ޗެމްޕިއަން ދެއްވަދޫ އާއި ދަޑިމަގު، ގދ. ގެ ޗެމްޕިއަން ވާދޫ އަދި ގއ. ގެ ރަނަރަޕް ވިލިނގިއްޔެވެ. ރޭ ކުޅުނު އަނެއް މެޗުގައި ވާދޫ ވަނީ 3-0 އިން ވިލިނގިލި ބަލިކޮށްފައެވެ.

މި ގްރޫޕްގެ ޕޮއިންޓް ތާވަލުގައި ވާދޫ އާއި ދަޑިމަގު ވަނީ 4 ޕޮއިންޓް ހޯދާފައެވެ. ދެއްވަދޫ އޮތީ 3 ޕޮއިންޓާއެކު ތިންވަނައިގައެވެ. ވިލިނގިއްޔަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ދަޑިމަގު އާއި ދެއްވަދޫގެ މެޗުގައި ދަޑިމަގަށް ގޯލު ޖެހީ މުޙައްމަދު ސާދު ނިޒާރު އާއި މޫސާ އަޒީމް ޙަސަނެވެ. ދެއްވަދޫގެ ގޯލު ޖެހީ މުޙައްމަދު އިމްރާނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ދެއްވަދޫގެ ގިނަ ޙަމަލާތައް ހުއްޓުވި ދަޑިމަގުގެ ގޯލްކީޕަރު އިސްމާޢީލް ފާތިޙެވެ.

މި ގްރޫޕްގެ ފަހު މެޗުގައި ކުޅޭނީ ހިތަދޫ އާއި ފޭދޫ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%