ހައިވޭ އެކްސިޑެންޓުގައި ބިދޭސީ މީހާ މަރުވީ އެހެން ސައިކަލެއް ބޯމަތިން ލާފައި ދިޔުމުން

އައިޝަތު އީމާން | 38 ދުވަސް ކުރިން - 00:11
ހުޅުމާލެ - މާލެ ހައިވޭ. / ފޮޓޯ: ޚުލާސާ
ހުޅުމާލެ - މާލެ ހައިވޭ. / ފޮޓޯ: ޚުލާސާ
ޚުލާސާ

މި އެކްސިޑެންޓު ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު.

މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ހައިވޭގައި ބަހައްޓާފައި ހުރި ކޯނެއްގައި ޖެހި ހޮނިހިރު ދުވަހުގައި ހިނގި އެކްސިޑެންޓެއްގައި ބިދޭސީ މީހާ މަރުވެފައިވަނީ ފަހަތުން އައި ސައިކަލެއް އޭނާ ބޯމަތިން ދިޔުމުން ކަން ލީކުވެފައިވާ ފުޓޭޖަކުން ހާމަވެއްޖެ އެވެ.

ފުޓޭޖުން ދައްކާ ގޮތުގައި ބިދޭސީ މީހާ ކޯނުގައި ޖެހި ވެއްޓުނު ވަޤުތު ފަހަތުން ވަރަށް ބާރަށް ދުއްވާފައި އައި ސައިކަލެއް އޭނާގެ ބޯމަތިން ހުރަސް ކުރާ މަންޒަރެވެ. އެ ސައިކަލުގައި ދުއްވަން އިން މީހާ ސައިކަލާ އެއްކޮށް ވެއްޓުނު ކަމެއް ނުވަތަ ނޫން ކަމެއް ފުޓޭޖަކުން ނޭނގެ އެވެ.

ހޮނިހިރު ދުވަހު ހެނދުނު 8:19 ހާއިރު އެ އެކްސިޑެންޓް ހިނގީ، ހައިވޭގެ އެއްފަރާތުގައި ބަހައްޓާފައިވާ ސޯލާ ޕެނަލްތަކުގެ މަސައްކަތެއް ކުރާތީ، އެކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނުތަކުގެ ތެރެއިން ކޯނެއްގައި ސައިކަލެއް ޖެހިގެންނެވެ. އޭނާ މަރުވީ އެކްސިޑެންޓުވުމުން ފަރުވާ ދޭން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް 9:05 ހާއިރު ކަމަށް ވެސް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ހައިވޭގައި ބަހައްޓާފައި ހުރި ސޯލާ ޕެނަލްތަކުގެ ބައެއް މަސައްކަތްތައް ކުރާއިރު މަގުމަތީ ކޯނު ބެހެއްޓުމަކީ އާންމު ކަމެކެވެ. އަދި ބައެއް ފަހަރު، ވެހިކަލްތަކުގައި އަންނަ މީހުންނަށް ކޯނުތައް ހުރިކަން އަންގަން މީހުން ވެސް ތިބެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%