މިއަހަރުގެ ފުޓްސަލް މުބާރާތް ފަށާނީ ހޯމަ ދުވަހުގެރޭ - އެފް.އެމް.އޭ

ހުސައިން އިސްމާއިލް | 9 ދުވަސް ކުރިން - 17:59
އެފް.އެމް.އޭއިން ބުނީ ހޯމަ ދުވަހުގެރޭ ފަށާ މުބާރާތަކީ ކުޑަކުދިންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެއް ކަމަށް.
އެފް.އެމް.އޭއިން ބުނީ ހޯމަ ދުވަހުގެރޭ ފަށާ މުބާރާތަކީ ކުޑަކުދިންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެއް ކަމަށް.
ޚުލާސާ

ފެއަރ ޕްލޭ، ކިންގް އޮފް ދަ ޓޯނަމަންޓް، ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔާ، އެންމެ ގިނަ ގޯލު އަދި އެންމެ މޮޅު ފަސްކުޅުންތެރިން ވެސް ހޮވާނެ!

ދެއްވަދޫގައި ކުޑަކުދިންނަށް އަމާޒުކޮށްގެން "އެފް.އެމް.އޭ ފުޓްސަލް ޗެލެންޖް" ގެ ނަމުގައި ބާއްވާ ފުޓްސަލް މުބާރާތް މިހޯމަ ދުވަހުގެރޭ (10 މާރިޗް 2025 ވަނަ ުވަހުގެރޭ) ފަށާނެ ކަމަށް އެ މުބާރާތް ރާވައި ހިންގާ “އެފް.އެމް.އޭ”އިން ބުނެފިއެވެ.

މިއީ އުފެދެމުން އަންނަ ޖީލުގެ ކުޅުންތެރިންގެ މެދުގައި އެއްބައިވަންތަކަން އާލާކޮށް، ފުޓްސަލްއަށް ޝައުޤުވެރިވާ ހުނަރުވެރި މޮޅު ކުދިންތަކެއް އުފެއްދުމުގެ މަޤްޞަދުގައި، ރަށު ފެންވަރުގައި ކުޑަކުދިންނަށް ބާއްވާ އެންމެ ފޯރިގަދަ މުބާރާތް ކަމަށް ވެސް މުބާރާތް އިންތިޒާމްކުރާ ފަރާތުން ޚުލާޞާ އަށް މައުލޫމާތު ދެއްވިއެވެ.

މި މުބާރާތަކީ 2024 ވަނަ އަހަރުން ފެށިގެން އެފް.އެމް.އޭ އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މުބާރާތުގައި ޗެމްޕިއަން ޓީމާއި ރަނަރަޕް، ފެއަރ ޕްލޭ ޓީމް، ކިންގް އޮފް ދަ ޓޯނަމަންޓް، ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗް، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު 5 ކުޅުންތެރިން ވެސް ހޮވައެވެ.

މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ ޑީޖޭޖީ އިންނެވެ. އެ ޓީމާއި އެކު ފައިނަލްގައި ވާދަކުރީ އައިލޭންޑަރސްއެވެ.

ދެއްވަދޫއަކީ އަބަދުވެސް ފުޓްބޯޅައަށް ލޯބިކުރާ ބަޔަކު އުޅެމުންދާ ރަށެއްކަން ފާހަގަ ކުރެވެއެވެ. މިފަހަރު މާލޭގައި ބޭއްވި ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގއ އަތޮޅުގެ ޗެމްޕިއަން ޓީމަކީ ވެސް ދެއްވަދޫއެވެ.

ދެއްވަދޫ އަކީ ފުޓްބޯޅައިގައި އަތޮޅު އަދި ޒޯން ފެންވަރުގައި ހުނަރުވެރި ކުޅުންތެރިންތަކެއް ކުޅެފައިވާ، އަދި ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ޙާޞިލްކޮށްފައިވާ ރަށެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%