ފައްޔާޒުއާއި މަންދި އަދި އެމްޑީޕީއާއި ދެކޮޅަށް ކޯޓަށް ދަނީ

ހުސައިން އިސްމާއިލް | 4 ގަޑިއިރު ކުރިން - 13:23
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ޚުލާސާ

ލޯޔަރު އާޒިމާ ޝުކޫރު ވިދާޅުވީ ރައީސް މުއިއްޒުގެ 16 އަހަރުގެ ދަރިކަލުންގެ ބޮލުގައި އެޅުވި އިލްޒާމާއި ޢާއިލާއަށް ފުރައްސާރަކުރާ މައްސަލަ މަދަނީކޯޓަށް ވައްދާނެ ކަމަށް.

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އާއި އެ ޕާޓީގެ ޗެއާޕާސަން އާއި އަދި އެޕާޓީގެ މަޖިލިސް މެންބަރު މީކާއީލް ނަސީމްގެ މަންމަ މަތިޔަމް ޒުބައިރު ގޮވައިގެން ކޯޓަށް ދިޔުމަށް ޑރ. މުޙައްމަދު މުޢިއްޒުގެ ޢާއިލާއިން ނިންމައިފިއެވެ.

މިއަދު އެ ޢާއިލާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލު އާޒިމާ ޝުކޫރު ވިދާޅުވީ މިވަގުތު މަދަނީ ދަޢުވާ ކުރަނީ މިދެންނެވި ތިން ފަރާތަށް ކަމަށާއި މިވަގުތު ދަނީ މައްސަލަ ޝަރީޢަތަށް ހުށަހެޅުމުގައި ދިރާސާ ކުރަމުން ކަމަށް ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ އުމެއިރަށް 16 އަހަރުވީ މިއަހަރު ކަމަށާއި، އެމްޑީޕީން ބޭއްވި މުޒާހަރާގައި ރައީސް ޑރ. މުޢިއްޒުގެ ދަރިފުޅާއި ގުޅުވައިދެއްކި ސާބިތު ނުހިފޭ ވާހަކަތަކާއި ގުޅިގެން ފިޔަވަޅު އެޅުމަށް މިވަގުތު ގަސްދުކޮށްފައިވަނީ މިދެންނެވި 3 ފަރާތަށެވެ. ނަމަވެސް އިތުރު ބަޔަކަށް ފިޔަވަޅު ނާޅާނެއެކޭ ނުދެންނެވޭނެ ކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ ފަރާތުން މައްސަލަ ހުށަހަޅަން މިހާހިސާބަށް ގަސްދު ކޮށްފައި މިއޮތީ މަރިޔަމް ޒުބައިރު، ފައްޔާޒް އިސްމާއީލް އަދި އެމްޑީޕީގެ މައްޗަށް. އޭގެ އިތުރަށް އަޅުގަނޑުމެން އެއްވެސް ފަރާތަކަށް ފިޔަވަޅު ނާޅާނަމޭކޭވެސް ނޫން... ޤާނޫނީ ވަކީލުން މައްސަލަ ދިރާސާ ކުރަމުން ދަނީ. އަޅުގަނޑުމެން މައްސަލަ ޝަރީޢަތަށް ހުށަހެޅުމުގެ ކުރިން އަޅުގަނޑުމެން ނަގާ އެގްޒެކްޓް ޤާނޫނީ ނުކުތާތަކެއް ހާމައެއް ނުކުރާނަން،” ޤާނޫނީ ވަކީލު އާޒިމާ ޝުކޫރު ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ ރެޔާއި ދުވާލު އެމްޑީޕީގެ އެކްޓިވިސްޓުން ގެންދަނީ ރައީސް މުޢިއްޒުގެ ޢާއިލާއަށް ފުރައްސާރަ ކުރަމުންނެވެ. އެގޮތުން ރޭ ވެސް އެންމެ 8 އަހަރުގެ ކުއްޖަކަށް ވެސް ފުރައްސާރަ ކުރިކަން އާޒިމާ ފާހަގަ ކުރެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%