ޙަސަން ކުރުސީގެ ނަމުގައި ހިންގާ ފޭކު ސޯޝަލްމީޑިއާ އެކައުންޓުން މި މާތް މައްސަރުގައި ދޮގާއި ފިތުނަ އުފައްދަން އެންމެ ފަހުން އޭނާ ކުރަން އުޅުނު މަސައްކަތް ނާކާމިޔާބުވެ ފަޟީޙަތް ވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒުއާއި ގުޅުވައި މިފަހަރު އޭނާ ދޮގު މަޢުލޫމާތު ފަތުރަން ވެގެން ބުނީ ބޭރުގެ ޑިޕްލޮމެޓުންނަށް ރައީސް ދެއްވި އިފްތާރު ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން މާލޭގެ ހުކުރު މިސްކިތް ކައިރީގައި އެހެރަ ފެންނަ މުންނާރަށް 1،000 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި ކަމަށެވެ. އަދި އެއާއެކު ބްރިޓިޝް ސަފީރު ނިކް ލޯއާއި ރައީސް ވާހަކަފުޅު ދައްކަވާ ފޮޓޯއެއްވެސް ޢާން،ުކުރިއެވެ.
ކުރުސީ ފެތުރި ވާހަކަ އެއީ ސީދާ ކަނޑައެޅިގެން ދޮގެކެވެ. ރައީސް އެ ޙަފްލާގައި އެފަދަ އެއްޗެއް ވިދާޅުނުވާއިރު، އެ ޙަފްލާގައި ބައިވެރިވެވަޑައިގެން، ފެތުރުނު ފޮޓޯގައި ފެނިވަޑައިގަންނަވާ ބްރިޓިޝް ސަފީރު ނިކް ލޯ ވަނީ ރައީސް އެފަދަ އެއްޗެއް ވިދާޅުނުވާ ކަމަށް ކަށަވަރުކޮށްދެއްވާފައެވެ. އަސި އެ ފޮޓޯގައިނހުރީ އޭނާ ކަމަށާއި، ދޮގު ވާހަކަ ފަތުރާ ފަރާތާއިމެދު ގޮތް ނިންމާނީ ރައްޔިތުން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
މިއާއެކު ކުރުސީ އަކީ މާތްވެގެންވާ ބަރަކާތްތެރި މައްސަރުގައި ވެސް ދޮގު ފެތުރުމުގައި އުޅޭ ބޮޓެއްކަން ރައްޔިތުންނަށް ސާބިތުވެ ކުރުސީ މުޅިން ފަޟީޙަތް ވެއްޖެއެވެ.
އިސްލާމް ދީނަށް ހަޖޫޖަހައި، މި ދީނުގެ ކަރާމަތަށް އުނިކަން އަންނަ ގޮތަށް ދޮގު ހަދައި އޮޅުވާލާ ކުރުސީ އެގޮތަށް ލިޔުނީ ރައީސްގެ އަބުރުފުޅު ކަތިލުމުގެ ބޭނުމުގައެވެ. މިއީ ސިޔާސީ ވާހަކަތައް ފެތުރުމަށްޓަކައި ކުރުސީ ދޮގު މަޢުލޫމާތު ފަތުރާކަމުގެ ތުހުމަތު ކުރެވުނު ފުރަތަމަ ފަހަރެއް ނޫނެވެ.
އިސްލާމްދީނުގައި ދޮގުހެދުމަކީ، ޚާއްޞަކޮށް އެހެން މީހުންނަށް ގެއްލުން ދިނުމަށްޓަކައި ދޮގުހެދުމަކީ، ބޮޑު ފާފައެއްގެ ގޮތުގައި ބަޔާންކޮށްފައި ވެއެވެ. އެހެންނަމަވެސް، ސިޔާސީ މަންފާއެއް ހޯދުމަށްޓަކައި މީހުންނަށް ޙަޤީޤަތް އޮޅުވާލުމުގައި ކުރުސީ ޖެހިލުމެއް ނުވާކަން ހިތާމައާއިއެކު ފާހަގަ ކުރަމެވެ.
ފާހަގަކޮށްލެވޭ އަނެއް ކަމަކީ ރާއްޖެއަކީ 100 ޕަސަންޓް މުސްލިމް ޤައުމެކެވެ. އެހެންކަމުން އިސްލާމްދީނާއި ދެކޮޅު ބޭރުގެ ބައެއް ޖަމްޢިއްޔާ ޖަމާޢަތްތަކުން ރާއްޖެއިން އިސްލާމް ދީން ފޮހެލުމަށްޓަކައި ދިވެހިންނަށް ފައިސާ ދީގެން ބޮޑެތިނކެމްޕޭނުތައް ކުރެއެވެ. އެގޮތުން ދިވެހިންގެ މެދުގައި ފިތުނަ އުފެއްދުމަށް ވެސް މަސައްކަތް ކުރެއެވެ. ބޭނުމަކީ ދިވެހި މުސްލިމުން އެކަކު އަނެކަކަށް ކުރާ އިޙްތިރާމް ކަނޑުވާލުމަށެވެ. ފިތުނަ އުފެއްދުމަށެވެ. އެކަމުގެ ސަބަބުން އިސްލާމް ކަމުގެ ޢަޤީދާ އިތުރަށް ބަލިކަށިވެ، ނަމާދުކުރުންނފަދަ ހެޔޮ ޢަމަލުތަކުން ދިވެހިން ދުރުކޮށްދޭނެއެވެ. މިއީ ރައީސް މައުމޫނުގެ ދުވަސްވަރުން ފެށިގެން ރާއްޖޭގައި ބޭރުގެ ނަޞަރާއިންނާއި އެތީސްޓުން ގުޅިގެން ހިންގާ ކަމެކެވެ. ރައީސް މައުމޫން ވަނީ އެދުވަސްވަރު އެމަސައްކަތް އެކިސިފަސިފައިގައި ކުރި މީހުން ރާއްޖެއިން ޑީޕޯޓް ވެސް ކޮށްފައެވެ. އޭގެފަހުން ފާޅުކަންބޮޑުކޮށް މި ލާދީނީ މަސައްކަތް ފެށުނީ އެމްޑީޕީ ވެރިކަމަށް އައި ހިސާބުންކަން ވެސް ފާހަގަ ކުރެވެއެވެ.
ކުރުސީ އަކީ ރާއްޖޭގައި ލާދީނީ ފިކުރު ފަތުރަން މަސައްކަތްކުރާ ބޮޓެއްތޯ ޚުލާޞާއިން ވެސް ދަނީ ބަލަމުންނެވެ.
ކޮންމެޔަކަސް، ރަމަޟާން މަހަކީ މުސްލިމުންނަށް މާތް މައްސަރެކެވެ. މިއީ ތެދުވެރިކަމާއި، ހެޔޮ ޢަމަލުތަކުގެ މައްޗަށް ސަމާލުކަން ދޭންޖެހޭ ދުވަސްވަރެކެވެ.