މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް އިސްލާމީ ރިވެތި އަޚްލާޤު ދަސްކޮށްދިނުމަކީ އަބޫޖަހުލަށް އިސްލާމްދީން ދަސްކޮށްދިނުމާއި އެއްހަމަވާނެ ކަމެއް ކަމަށް އެޕާޓީ އުފެދުނީއްސުރެ އެންމެ އިސް ސަފުގައި އުޅުއްވި ޝުޢައިބު ޢަލީ (ފުރަހަނި) ވިދާޅުވެއްޖެއެވެ.
ފުރަހަނި ޝުއައިބު ވިދާޅުވީ އަނބިދަރިންނާއި ބެހިގެން ސިޔާސީ ކަންކަން ހާސިލުކުރުމަކީ އެމްޑީޕީގެ ލީޑާޝިޕްގެ ސަގާފަތެކެވެ.
ޝުއައިބު މިފަދައިން ވިދާޅުވީ، އެމްޑީޕީން މި ރޯދަ މަހު ކުރަމުންދާ ދީނާއި ޚިލާފު މުޒާހަރާތަކުގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު، މީކާއިލް ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) ރައީސް ޑރ. މުޢިއްޒުގެ ދަރިކަލުންނާއި ގުޅޭ ގޮތުން ދޮގު ހަދައި ކުށުގެ އިލްޒާމް އަޅުވައި ވާހަކަ ދެއްކުމާއި، ކުދިންތައް ޤުރުއާން ކިޔަވަމުން ދަނިކޮށް، ހަޑިހުރުބަހުން މަގުމަތީގައި ފުރައްސާރަކޮށް ދެއްކި ވާހަކަތަކާއި ގުޅިގެންނެވެ.
ޝުއައިބު ވިދާޅުވީ އެމްޑީޕީގެ ލީޑަޝިޕަކީ، ހިޔާލުތަފާތުވާ މީހުންނަށް އަބަދުވެސް ފުރައްސާރަކޮށް އަނބިދަރިންނާއި އާއިލާއާ ބެހިގެން ސިޔާސީ ކަންކަން ހާސިލުކުރުމުގެ ސަގަފާތެއް އޮތް ބައެއް ކަމަށެވެ.
ކުރިން އެމްޑީޕީގެ ތެރޭގައި ވަރަށް އިސްކޮށް އުޅުއްވި ޝުއައިބު އެ ޕާޓީން ވަކިވެވަޑައިގަތީ ވެސް ޕާޓީގެ އެތެރޭގެ ހިޔާލުތަފާތުވުން ބޮޑުވެގެންނެވެ.