46 މެޗުން ބަލިނުވެ ރެކޯޑު ދަމަހައްޓަމުން އައި ބާސާ އަންހެން ޓީމު ލެވަންޓޭއިން ބަލި ކޮށްލައިފި

އުސްތާޛް މުޙައްމަދު ޢަލީ | 45 ދުވަސް ކުރިން - 06:18
ޚުލާސާ

2023 ވަނަ އަހަރުގެ މޭ މަހުން ފެށިގެން ލީގުގައި ފުރަތަމަ ފަހަރަށް ބާސެލޯނާގެ އަންހެން ޓީމު ބަލިވިއިރު މި މެޗުގައި .ބާސާއިން 47 ފަހަރު ގޯލަށް ޝޫޓުކުރި. ލެވަންޓޭއިން ބާސާ ބަލިކުރީ 2-1 އިން.

ލީގާ އެފްގައި ވިދިވިދިގެން 46 މެޗު ނުބަލިވެ އޮތް ބާސެލޯނާގެ ރެކޯޑު ނިމުމަކަށް އައިސްފިއެވެ. އެއީ، ލެވާންޓޭއާއި ދެކޮޅަށް ކުޅުނު މެޗުން 2-1 އިން ބަލިވުމުންނެވެ.

މި ސީޒަނުގައި ކުޅުނު 16 މެޗުން ވެސް މޮޅުވެފައިވާ ބާސެލޯނާއަށް މިއީ ފުރަތަމަ ބައްޔެވެ. އަދި 2023 ވަނަ އަހަރުގެ މޭ މަހުން ފެށިގެން ލީގުގައި ފުރަތަމަ ފަހަރަށް ބަލިވި މެޗުވެސް މެއެވެ. މިއީ ބާސެލޯނާއިން ފާއިތުވި ހަފްތާގައި ސުޕަކޯޕާ ޑި އެސްޕާނާ ފެމެނީނާގައި 5-0 އިން ރިއަލް މެޑްރިޑް ބަލިކޮށްލި ފަހުން ކުޅުނު މެޗެވެ.

ލީގުގެ ފަހަތުން ދެވަނައިގައި އޮތް ލެވަންޓޭއިން ލީޑު ނެގީ މެޗުގެ 50 ވަނަ މިނެޓުގައި މަރިއާ އަލްހަރިއްލާ އެވެ. އިތުރުވަގުތުގައި އިވޯން ޗަކޯން ޖެހި ލަނޑުން ލެވަންޓޭގެ ލީޑު 2-0 އަށް ފުޅަ ވިއެވެ. ބާސެލޯނާއިން ލަނޑު ޖަހައި ސުން ކަނޑުވައިލީ އިތުރުވަގުތުގެ ފަހު މިނެޓުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފްރިޑޮލީނާ ރޯލްފޯއެވެ.

މި މެޗުގައި ބާސެލޯނާއިން ލަނޑު ޖަހަން ވަރަށް މަސައްކަތް ކުރިއެވެ. ޖުމުލަ 47 ފަހަރު ގޯލަށް ޝޫޓުކުރިއެވެ. ނަމަވެސް ގޯލާއި އަމާޒުވީ 13 ޝޮޓެވެ. އޭގެ ތެރެއިން 11 ޝޮޓް ލަވެންޓޭ ކީޕަރު ދިފާޢުކުރިއިރު އަނެއް ދެ ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ލެވާންޓޭއިން ހެދީ އެންމެ 6 ޝޮޓެވެ. މީގެ ތެރެއިން 3 ޝޮޓު ގޯލާއި އަމާޒުވިއިރު އޭގެތެރެއިން ދެ ބޯޅަ ނެރެން ޖެހުނީ ގޯލުގެ ތިން ދަނޑީގެ އެތެރެއިންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%