ދިވެހިން ފަޚުރުވެރިވާ ވުޒާރާއަކަށް ހެދުމަށް މަސައްކަތްކުރާނަން: ވަޒީރު ޠާރިޤް

ހުސައިން އިސްމާއިލް | 40 ދުވަސް ކުރިން - 05:14
ޚުލާސާ

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އާއި ތިމާވެށީގެ ދާއިރާއިން މިހާރު ކުރެވެމުންދާ ކަންތައްތައް މިހާރަށްވުރެ ރަނގަޅަށް ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި.

ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާއަކީ ދިވެހިން ފަޚުރުވެރިވާ ދާއިރާތަކަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް އަލަށް އައްޔަންކުރެވުނު ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާ އެއްކޮށްލައްވައި، އެ ވުޒާރާގެ ވަޒީރަކަށް ތާރިޤް އިބްރާހިމް އައްޔަން ކުރައްވާފައެވެ. މި ބަދަލާއި ގުޅިގެން ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އާއި ތިމާވެށީގެ ދާއިރާއިން މިހާރު ކުރެވެމުންދާ ކަންތައްތައް މިހާރަށްވުރެ ރަނގަޅަށް ކުރިއަށް ގެންދަވާނެ ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީ ދިވެހިން ފަޚުރުވެރިވާ އަދި އެންމެންނަށް މިހާރަށްވުރެ ވެސް ބޮޑަށް ފައިދާކުރާ ދާއިރާ އަކަށް ހައްދަވާނެ ކަމަށެވެ. އަދި މި ދެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"ކުރީގެ މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގައި ހުރި ސެކްޓަރތައް ވެސް އިތުރަށް ކުރިއަރުވައި މި ދެ ދާއިރާ އެއްކޮށްގެން ވަރަށް މުހިންމު ކަންތައްތަކެއް ކުރެވިގެންދާނެ. އަދި ކުރިއަށްއޮތް ތަނުގައި ފަތުރުވެރިކަމުގެ ދާއިރާ އާއި ތިމާވެށީގެ ދާއިރާ އަކީ ރާއްޖެ ފަޚުރުވެރިވާ ދާއިރާއަކަށް ހަދައިދިނުމުގެ އަޒުމުގައި އަޅުގަނޑު މަސައްކަތް ކުރާނެ," ވަޒީރު ވިދާޅުވިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއާއި ތިމާވެށްޓާއި ބެހޭ ވުޒާރާ އެއް ވުޒާރާއަކަށް ހައްދަވާފައި ވަނީ ފަތުރުވެރިކަމާއި ބެހޭ ވަޒީރަކަށް ކުރިން ހުންނެވި ވަޒީރު އިބްރާހިމް ފައިސަލް އެ މަޤާމުން ވަކިކުރެއްވުމާއި ގުޅިގެންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%