ޒޯން ބުރުން ކެޔޮދޫ އާއި މަތިވެރި މޮޅުވެއްޖެ

އުސްތާޛް މުޙައްމަދު ޢަލީ | 42 ދުވަސް ކުރިން - 11:44
ރޭ މޮޅުވެ، ކެޔޮދޫ ކުޅުންތެރިޔާ އުފާ ފާޅުކުރަނީ.
ރޭ މޮޅުވެ، ކެޔޮދޫ ކުޅުންތެރިޔާ އުފާ ފާޅުކުރަނީ.
ޚުލާސާ

ކެޔޮދޫ އިން މަންދޫ ބަލިކުރީ 2-1 އިން އަދި މަތިވެރި އިން ތޮއްޑޫ އާއި ދެކޮޅަށް ކުޅެ މޮޅުވީ 5-1 ގެ ބޮޑު ތަފާތަކުން.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯނު ބުރުގެ ފުރަތަމަ މެޗުތައް ރޭ ކުޅުނުއިރު، ޒޯން ހަތަރުގައި ވ. އަތޮޅުގެ ޗެމްޕިއަން ކެޔޮދޫ އާއި އއ. އަތޮޅުގެ ޗެމްޕިއަން މަތިވެރި މޮޅުވެއްޖެއެވެ.

ރެހެންދި އެއް ނަމްބަރު ފުޓްސަލް ދަނޑުގައި ކުޅުނު މެޗުގައި ކެޔޮދޫ އިން މަންދޫ ބަލިކުރީ 2-1 އިންނެވެ. ކެޔޮދޫގެ ގޯލުތައް ޖެހީ ކެޕްޓަން އަރީން އަބްދުﷲ އިބްރާހީމް އާއި އަހުމަދު (އައްމަޑޭ) އެވެ. މަންދޫގެ ހަމައެކަނި ގޯލު ޖެހީ އިބްރާހީމް އިމްރާން (އިއްމި) އެވެ.

ހަމަ އެ ޒޯނުގައި ކުޅުނު އަނެއް މެޗުގައި މަތިވެރި އިން ތޮއްޑޫ އާ ދެކޮޅަށް ކުޅެ މޮޅުވީ 5-1 ގެ ބޮޑު ތަފާތަކުންނެވެ. މަތިވެރީގެ އަލީ އަލްސަން (އައްލެ) އާއި އަބްދުﷲ ފިޒާން އަބްދުލް ގަފޫރު ދެ ގޯލު ޖެހިއިރު، އަނެއް ގޯލް ޖެހީ އަހުމަދު ފިރާޝް އެވެ. ތޮއްޑޫގެ ހަމައެކަނި ގޯލު ޖެހީ އިބްރާހީމް ޝިޔާޒެވެ.


ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިއަދުގެ މެޗުތައް (1 ފެބްރުއަރީ)

ހއ. ފައިނަލް: ވަށަފަރު - ދިއްދޫ (20:00)

ހދ. ފައިނަލް: ނޭކުރެންދޫ - ނައިވާދޫ (20:00)

ޒޯން ހަތެއް: ގއ. ދެއްވަދޫ - ގއ. ވިލިނގިލި (21:30)

ޒޯން ހަތެއް: ދަނޑިމަގު - ގދ. ވާދޫ (21:30)

ޒޯން ހަތެއް: ފޭދޫ - ގައްދޫ (22:30)

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%