އެމެރިކާ ފުލައިޓާއި ސިފައިންގެ ހެލިކޮޕަޓަރު އެކްސިޑެންޓްވެ 67 މަރު!

ހުސައިން އިސްމާއިލް | 42 ދުވަސް ކުރިން - 11:56
ޚުލާސާ

މި ހާދިސާ ހިނގީ އެމެރިކަން އެއަރލައިންސް ފުލައިޓު އެއާޕޯޓާއި ދިމާލަށް ދަނިކޮށް ޖައްވުގެ ތެރޭގައި، ތަމްރީނު ހެދުމުގައި އުޅުނު އެމެރިކާ ސިފައިންގެ ހެލިކޮޕްޓަރެއް ޖެހި.

އެމެރިކަން އެއަރލައިންސްގެ ފްލައިޓަކާއި އެމެރިކާގެ އާމީގެ ބްލެކް ހޯކް ހެލިކޮޕްޓަރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 67 މީހުން މަރުވެއްޖެއެވެ.

ވޮޝިންގްޓަންގެ ޤައުމީ އެއަރޕޯޓް ކައިރީގައި އޮންނަ ޕޮޓޮމޮކް ކޯރުގެ މަތީގައި މި އެކްސިޑެންޓް ހިނގީ 64 ފަސިންޖަރުންނާއި ފަޅުވެރިން ދަތުރުކުރި ފްލައިޓް ރަންވޭއަށް ރީގަން އެއާޕޯޓައި ދިމާލަށް ދަނިކޮށް، އެ ސަރަޙައްދުގައި ތަމްރީނުތަކެއް ހަދަމުން ދިޔަ އަސްކަރީ ހެލިކޮޕަޓަރު ޖެހިގެންނެވެ. ހެލިކޮޕްޓަރުގައި ތިބީ ސިފައިންގެ 3 މީހުންނެވެ.

ޚަބަރު ލިބޭ ގޮތުގައި މި ހާދިސާ ހިނގަން ދިމާވެފައި ވަނީ އެއަރ ޓްރެފިކް ކޮންޓްރޯލާއި ޕައިލެޓުންނާއި ދެމެދު މުވާސަލާތް ކުރުމުގައި ދިމާވި މައްސަލަތަކެއްގެ ސަބަބުންނެވެ.

އެކްސިޑެންޓް ހިނގައި ދެ އުޅަނދު ވެސް ކޯރު ތެރެއަށް ވެއްޓުނުއިރު އެންމެން މަރުވެފައިވާ ކަމަށް އެމެރިކާއިން ކަށަވަރު ކޮށްދެއެވެ. މަރުވެފައިވާ މީހުންގެ ހަށިތައް ކޯރުތެރެއިން ނެގުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. މި ވަގުތާއި ހަމަޔަށް 40 މީހުންގެ ހަށިގަނޑު ނަގައިފި ކަމަށް ވެސް ޚަބަރު ލިބެއެވެ.

ނެޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު (އެންޓީއެސްބީ) އިން ވަނީ މި ހާދިސާއާ ގުޅޭ ތަހުގީގެއް ފަށައި، ފްލައިޓް ޑޭޓާ ރެކޯޑަރާއި ކޮކްޕިޓް އަޑު ރެކޯޑަރު ހޯދާފައި ކަމަށާއި، މި ހާދިސާއާ ގުޅިގެން ރީގަން ނެޝަނަލް އެއަރޕޯޓުގެ އެންމެހާ ފްލައިޓްތައް ވަނީ ވަގުތީގޮތުން ހުއްޓާލާފައި ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%