ޤަވާޢިދާއި ޚިލާފަށް އުޅުނު 46 ބިދޭސީން ހުރާއިން ހިފަހައްޓައިފި

އަހްމަދު އީޒާން | 43 ދުވަސް ކުރިން - 15:38
ހުރާގައި އުޅޭ ބިދޭސީންނާއި އިމިގްރޭޝަން އޮފިސަރުން ސުވާލުކުރަނީ / ފޮޓޯ: އިމިގްރޭޝަން
ހުރާގައި އުޅޭ ބިދޭސީންނާއި އިމިގްރޭޝަން އޮފިސަރުން ސުވާލުކުރަނީ / ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

އިމިގްރޭޝަނުން ބުނީ އެ އިދާރާގެ އޮފިސަރުން އެ މީހުން އަތުލައިގަތީ އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އަށް ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަނެއްގައި ކަމަށް.

ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި ކ. ހުރާ އިން 46 ބިދޭސީއަކު ހިފަހައްޓައިފި އެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އިދާރާގެ އޮފިސަރުން އެ މީހުން އަތުލައިގަތީ އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އަށް ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަނެއްގައި ކަމަށެވެ.

"މި އޮޕަރޭޝަންގައި، ހުރާގައި ގަވާއިދާއި ހިލާފަށް އުޅެމުންދިޔަ 46 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި،" އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތަކުގައި މިހާތަނަށް ވަނީ 5،000 އަށް ވުރެ ގިނަ މީހުން ޑީޕޯޓްކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%