މާޓިނޭޒްގެ ލަނޑުން ޔުނައިޓެޑުން ފުލަމް ބަލިކޮށްފި

ހުސައިން އިސްމާއިލް | 50 ދުވަސް ކުރިން - 10:01
ޚުލާސާ

ރޭގެ މެޗުން އިތުރު 3 ޕޮއިންޓް ލިބުނަސް ކުޅުމާއި ދޭތެރޭ ހިތްހަމަ ނުޖެހޭ ކަމަށާއި، ނަމަވެސް މޮޅުވުމުން އިތުރު ހިއްވަރެއް ލިބުނު ކަމަށް ޔުނައިޓެޑްގެ ކޯޗު ބުނި.

މެންޗެސްޓަރ ޔުނައިޓެޑް އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ފުލަމްގެ ދަނޑުގައި 1-0 އިން މޮޅުވެ އިތުރު ތިން ޕޮއިންޓް ހޯދައިފިއެވެ.

މެޗުގެ ހަމައެކަނި ލަނޑު ޖެހުނީ ދެވަނަ ހާފުގައެވެ. ލިސާންދްރޯ މާޓިނޭޒް ޖެހި ލަނޑަކީ އަލެހާންދްރޯ ގާނާޗޯ ހުރަސްކޮށްދިން ބޯޅައެއް، ފުލަމްގެ ކުޅުންތެރިޔެއްގެ ފައިގައި ޖެހި، އޭރިޔާ ބޭރުން މާޓިނޭޒް ގޯލަށް ފޮނުވާލިއިރު އެ ބޯޅަ ގޯލަށް ވަނީ ފުލަމްގެ ގޯލްކީޕަރުގެ އަތުގައި ވެސް ޖެހިފައެވެ.

މިއީ މި ސީޒަންގައި ޔުނައިޓެޑްގެ އަށްވަނަ މޮޅެވެ. 23 މެޗުން 29 ޕޮއިންޓާއެކު ޔުނައިޓެޑް މިހާރު އޮތީ ލީގު ތާވަލުގެ 12 ވަނައިގައެވެ. މި ސީޒަންގައި ޔުނައިޓެޑް ވަނީ 10 މެޗުން ބަލިވެފައެވެ.

ޔުނައިޓެޑްގެ ނަތީޖާތައް ދަށްވަމުން ދިއުމާ ގުޅިގެން، ކޯޗު ރުބެން އަމޯރިމްއަށް ޕްރެޝަރު ބޮޑުވަމުންދާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް މި މޮޅުން ޓީމުގެ ފޯމް ރަނގަޅުވެ، ކުރިއަށް އޮތް މެޗުތަކުގައި ރަނގަޅު ނަތީޖާ ހޯދުމަށް މަގުފަހިވެދާނެ ކަމަށް އަމޯރިމް އުއްމީދު ކުރެއެވެ.

ރޭގެ މެޗަށްފަހު ކޯޗު އަމޯރިމް ވަނީ ކުޅުމާއި ދޭތެރޭ ހިތްހަމަ ނުޖެހޭ ކަމަށާއި، ނަމަވެސް 3 ޕޮއިންޓް ލިބުމުން އިތުރު ހިއްވަރެއް ލިބުނު ކަމަށް ބުނެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%