ބާސެލޯނާއިން ރޭ ވެލެންސިއާ ކޮޅަށް ލަނޑު ގޯންޏެއް

ހުސައިން އިސްމާއިލް | 50 ދުވަސް ކުރިން - 09:42
ޚުލާސާ

ރޭގެ މޮޅާއެކު ބާސެލޯނާ ވަނީ 21 މެޗުން 42 ޕޮއިންޓާއެކު ލީގު ތާވަލުގެ 3 ވަނައަށް އަރައިފަ. އެއްވަނައިގައި އޮތީ ރިއަލް މެޑްރިޑް. އެއީ 49 ޕޮއިންޓް.

ސްޕެނިޝް ލީގުގައި ބާސެލޯނާއިން ވެލެންސިއާއަށް ކޮޅަށް ރޭ 7 ލަނޑު ޖަހައިފިއެވެ. ރޭ ކުޅުނު މެޗުގައި ބާސެލޯނާ މޮޅުވީ 7-1 ގެ ތަފާތަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާއިން 5 ލަނޑު ޖެހިއިރު އަނެއް ދެލަނޑު ޖެހީ ދެވަނަ ހާފުގައެވެ.

ފުރަތަމަ ހާފުގައި ފްރެންކީ ޑި ޔޯންގ، ފެރާން ޓޮރެސް، ރަފީނިއާ އަދި ފާމިން ލޮޕޭޒް (2 ލަނޑު) ލަނޑު ޖެހިއިރު، ރޮބާޓް ލެވަންޑޯސްކީގެ ގޯލު ފެނުނީ ދެވަނަ ހާފުގައެވެ. އަނެއް ގޯލަކީ ވެލެންސިއާގެ ސެސާ ޓަރޭގާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ވެލެންސިއާގެ ހަމައެކަނި ލަނޑު ޖެހީ ހޫގޯ ޑުރޯއެވެ.

މި މޮޅާއެކު ބާސެލޯނާ ވަނީ 21 މެޗުން 42 ޕޮއިންޓާއެކު ލީގު ތާވަލުގެ 3 ވަނައަށް އަރައިފައެވެ. އެއްވަނައިގައިވާ ރިއަލް މެޑްރިޑަށް 49 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައިވާ އެތްލެޓިކޯ މެޑްރިޑަށް 45 ޕޮއިންޓް ލިބިފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%