ކަނޑުއަޑީގައި 120 ދުވަސް ހޭދަކޮށް ދުނިޔޭގެ ރެކޯޑެއް ހަދައިފި

ހުސައިން އިސްމާއިލް | 63 ދުވަސް ކުރިން - 12:37
ޖަރުމަނުގެ އޭރޯސްޕޭސް އިންޖިނިއަރު ރޫޑިގާ ކޮޗް (59) ކަނޑު އަޑީގައި 120 ދުވަސް ވަންދެން އުޅުނީ ޒަމާނީ ލައިފެއްގައި.
ޖަރުމަނުގެ އޭރޯސްޕޭސް އިންޖިނިއަރު ރޫޑިގާ ކޮޗް (59) ކަނޑު އަޑީގައި 120 ދުވަސް ވަންދެން އުޅުނީ ޒަމާނީ ލައިފެއްގައި.
ޚުލާސާ

ޖަރުމަނުގެ އޭރޯސްޕޭސް އިންޖިނިއަރެއް ކަނޑުއަޑީގެ ކެޕްސޫލެއްގައި 120 ދުވަސް ވަންދެން އުޅެ، ދުނިޔޭގެ އައު ރެކޯޑު އޭނާ ހަދާފައިވާއިރު، މި ރެކޯޑު ކުރިން އޮތީ އެމެރިކާގެ މީހެއްގެ އަތުގަ.

ޖަރުމަނުގެ އިންޖިނިއަރަކު ކަނޑުއަޑީގައި 120 ދުވަސް ހޭދަކޮށް ދުނިޔޭގެ ރެކޯޑެއް ހަދައިފިއެވެ.

އޭރޯސްޕޭސް އިންޖިނިއަރު ރޫޑިގާ ކޮޗް (59 އަހަރު)، މި ރިކޯޑް ހަދާފައި ވަނީ ޕެނަމާގެ އައްސޭރީގައެވެ.

ކަނޑުއަޑީގެ ކެޕްސޫލެއްގައި 120 ދުވަސް ވަންދެން އުޅެ، ދުނިޔޭގެ އައު ރެކޯޑު އޭނާ ހަދާފައިވާއިރު، މި ރެކޯޑު ކުރިން އޮތީ އެމެރިކާގެ ޖޯސެފް ޑެޓޯރީގެ އަތުގައެވެ.

ކޮޗްގެ ކަނޑުއަޑީގެ ކެޕްސޫލްގައި އޭނާ ދިރިއުޅުނީ ޒަމާނީ ލައިފެއްގައެވެ. އެ ކެޕްސޫލްގައި އެނދާއި، ފާޚާނާއާއި، ކޮމްޕިއުޓަރާއި، އިންޓަނެޓްގެ އިތުރުން ކަސްރަތު ކުރުމަށް ބައިސްކަލެއް ވެސް އޭނާ ގެންގުޅުނެވެ.

އޭނާގެ ކާމިޔާބީ އާއި ގުޅޭގޮތުން ދީފައިވާ އިންޓަވިއުއެއްގައި ބުނީ މި ތަޖުރިބާއަކީ ސިފަކުރަން ދަތި ކަމެކެވެ. މިއީ ކޮންމެ މީހަކު ވެސް އަމިއްލައަށް ތަޖުރިބާކުރަންޖެހޭ ކަމެއް ކަމަށް އޭނާ ބުނެފައިވެއެވެ

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%