ޑްރަގް މައްސަލައެއްގައި 40 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

އަހްމަދު އީޒާން | 48 ދުވަސް ކުރިން - 20:28
ޚުލާސާ

ފުލުހުން ބުނީ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިއަދު ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނެއްގައި ބޯޓަކުން ފުވައްމުލަކަށް ގެނައި ފޮށި ގަނޑެއް ބަލައި ފާސްކޮށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް.

މަސްތުވާތަކެތީގެ މައްސަލައެއްގައި ފުވަައްމުލަކުން އަންހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިއަދު ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނެއްގައި ބޯޓަކުން ފުވައްމުލަކަށް ގެނައި ފޮށިގަނޑެއް ބަލައި ފާސްކޮށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އެ ފޮށިގަނޑާއި ހަވާލުވާން ދިޔަ އުމުރުން 40 އަހަރުގެ އަންހެނެކެވެ.

އެ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ބޯޓުން ގެނައި ފޮށިގަނޑުގައި މަސްތުވާތަކެއްޗަށް ޝައްކު ކުރެވޭ އެއްޗެއް ހުރުމުން ކަމަށް ފުލުހުން ބުންޏެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%