ގުރުއާނަށް ފުރައްސާރަކުރި މައްސަލައެއް ޑެންމާކުން ފުރަތަމަ ފަހަރަށް ބަލަން ފަށައިފި

އައިޝަތު އީމާން | 53 ދުވަސް ކުރިން - 22:47
ޚުލާސާ

މި މައްސަލައަކީ ޖޫން 2024ގައި ފުލުހުންގެ ޙިމާޔަތުގައި ތިބެ ކީރިތި ޤުރުއާނަށް ފުރައްސާރަކޮށް، މުސްލިމުން ރުޅިއެރުވުމަށް މަސައްކަތްކުރި ދެމީހެއްގެ މައްސަލައެއް. އިސްލާމްދީނަށް ފުރައްސާރަކޮށްގެން، މިއީ ޑެންމާކުގައި އެފަދަ މައްސަލައެއް ބަލާ ފުރަތަމަ ފަހަރު.

ޑެންމާކަކީ އާންމުކޮށް ގުރުއާން އަންދައި، ގުރުއާނަށް އިހާނެތިކޮށް މުސްލިމުން ރުޅިއެރުވުމަށް މަސައްކަތްކުރާ ޤައުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ނަމަވެސް، ޑެންމާކުގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް، މިފަދަ މައްސައެއް ބަލަން ފަށައިފިއެވެ.

އިއްޔެ ޑެންމާކުގެ ޚަބަރުތަކުގައި ވާގޮތުން، ގުރުއާނަށް ފުރައްސާރަކުރި މައްސަލައެއްގައި ދެ މީހަކާއި މެދު ދަޢުވާ އުފުލާފައިވާކަން ޕްރޮސެކިއުޓަރުންގެ އޮފީހުން ހާމަކުރުމަކީ ތާރީޚީ ކަމެކެވެ.

މި މައްސަލައަކީ މިދިޔަ އަހަރުގެ ޖޫން މަހު ބޯންހޯމް ގައި ބޭއްވި "ޕީޕަލްސް ފެސްޓިވަލް" ގައި ފުލުހުންގެ ޙިމާޔަތް ހޯދައިގެން ތިބެ ކީރިތި ޤުރުއާނަށް ފުރައްސާރަކޮށް، މުސްލިމުން ރުޅިއެރުވުމަށް މަސައްކަތްކުރި ދެމީހެއްގެ މައްސަލައެވެ. އެމީހުން ވަނީ ޤުރުއާނާއި ދެކޮޅަށް އަޑު ހަރުކޮށް ޝުޢޫރު ފާޅުކޮށް އަދި އެ މަންޒަރު ފޭސްބުކްގައި ލައިވް ކޮށްފައެވެ.

މި މައްސަލައިގައި ދަޢުވާ އުފުލާފައިވަނީ ޑެންމާކުގެ ޤާނޫނުލްޢުޤޫބާތުގެ 110e(2) ވަނަ މާއްދާގެ ދަށުންނެވެ. މިއީ ދީނީ ފޮތަކާއިމެދު ނުރަނގަޅު ޢަމަލެއް ހިންގުމުގެ ކުށުގެ ދަށުން އުފުލޭ ފުރަތަމަ ދަޢުވާއެވެ. މި ދަޢުވާ ކުރިއަށް ގެންދިއުމަށް ޑެންމާކުގެ ޢަދުލު އިންސާފުގެ ވަޒީރު ވަނީ ހުއްދަ ދެއްވާފައެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެމީހުންނަށް ކުރަނީ ޖޫރިމަނާއެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%