ފުރަތަމަ ފަހަރަށް ދެއްވަދޫއާއި ވިލިނގިލި ފައިނަލުގައި ބައްދަލުކުރަނީ

ހުސައިން އިސްމާއިލް | 50 ދުވަސް ކުރިން - 10:40
ގއ. ދެއްވަދޫ ޓީމް ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ / ފޮޓޯ: ގޯލްޑަން ފުޓްސެލް
ގއ. ދެއްވަދޫ ޓީމް ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ / ފޮޓޯ: ގޯލްޑަން ފުޓްސެލް
ޚުލާސާ

ވިލިނގިލިން ފައިނަލްގެ ޖާގަ ހޯދީ 3-0 ލަނޑުން ދާންދޫ ބަލިކޮށްގެން. ދެއްވަދޫ ފައިނަލަށް ދިޔައީ 3-1 އިން ނިލަންދޫ ބަލިކޮށްގެން.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ގއ. އަތޮޅު ބުރުގެ ފައިނަލަށް ދެއްވަދޫ އާއި ވިލިނގިލި ގޮސްފިއެވެ. މިއީ މި ދެ ޓީމު މި އަތޮޅުގެ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

ގއ. އަތޮޅުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވިލިނގިލިން ރޭ ކުޅުނީ ދާންދޫ އާއި ދެކޮޅަށެވެ. ވިލިނގިލިން ދާންދޫ ކަޓުވާލީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ލީޑު ވިލިނގިލިން ނެގީ 19 ވަނަ މިނެޓުގައި މުހައްމަދު މުސާވިރު ސައީދު ޖެހި ގޯލުންނެވެ.

ދެވަނަ ހާފުގެ ފަހު ވަގުތުކޮޅު ވިލިނގިލީގެ މުސާވިރު އާއި ޝަޒްމީން މުހައްމަދު ވަނީ ކައިރިކައިރީގައި ދެ ގޯލު ޖަހާފައެވެ.

އަނެއް ސެމީ ފައިނަލް މެޗުގައި ދެއްވަދޫ ވަނީ ނިލަންދޫގެ މައްޗަށް 5-1 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. މި މެޗުގެ ނުވަވަނަ މިނެޓުގައި ދެއްވަދޫ އަށް ލީޑު ނަގައިދިނީ އަހްނަފް ރަޝީދު (އަހުއްކޮ) އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މުހައްމަދު އިމްރާން (އިއްމި) ވަނީ ގޯލު ޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

ދެވަނަ ހާފުގައި އަހުއްކޮ އާއި އިއްމި އިތުރު ގޯލުތައް ޖެހިއިރު، ނިލަންދޫގެ މުހައްމަދު ޒާހިލް އަހުމަދު އަތުން ބައިކޮޅަށް ގޯލެއް ވަންކަން ފާހަގަ ކުރެވެއެވެ. ހަމައެހެންމެ ނިލަންދޫގެ ސުން ކަނޑުވައިދިނީ ވެސް އޭނާއެވެ.

ދެއްވަދޫ އަކީ މި މުބާރާތުގައި މިހާތަނަށް އެންމެ ތަފާތު ކުޅުމެއް ދައްކަމުން އަންނަ ޓީމެވެ. ގއ ގެ ގުރޫޕުން އެންމެ ގިނަ ގޯލް ޖެހި 4 ކުޅުންތެރިންނަކީ ވެސް ދެއްވަދޫ ކުޅުންތެރިންނެވެ.

ގއ. ގުރޫޕުން އެންމެ ގިނަ ގޯލް ޖެހި ހަތަރު ކުޅުންތެރިން:

  1. އަހްނަފް ރަޝީދު (9 ގޯލް)
  2. ހުޒައިފަތު ރަޝީދު (5ގޯލް)
  3. ޝިފާޒް އާދިލް (4 ގޯލް)
  4. މުޙައްމަދު އިމްރާން (4 ގޯލް)

މި މުބާރާތުގެ އެހެން އަތޮޅުތަކުގެ މެޗުތައް މިއަދު ހަވީރާއި މިރޭ ކުޅޭއިރު، އޭގެ ތެރޭގައި ގދ. އަތޮޅުގެ ސެމީ ފައިނަލް މެޗުތަކާއި، އއ. އަތޮޅުގެ ފައިނަލް މެޗު އަދި ކ. އަތޮޅާއި އދ. އަތޮޅު އަދި އައްޑޫ ސިޓީގެ މެޗުތައް ހިމެނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%