ޕަބްލިކް ވޯކްސްގެ މަރުކަޒުތައް ކޮންމެ އަތޮޅެއްގައި ގާއިމްކުރުމަށް ސަރުކާރުން ނިންމައިފި

އައިޝަތު ރުވާ ރިފްޢަތު | 50 ދުވަސް ކުރިން - 18:21
ޚުލާސާ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ މަޝްރޫއުތައް ބެލެހެއްޓުމާއި، ރަށްރަށުގެ ތަންތަން މަރާމާތު ކުރުމާއި އިންފްރާސްޓްރަކްޗަރ ބެލެހެއްޓުމުގައި ޕަބްލިކް ވޯކްސްގެ މަސައްކަތް ވަރަށް މުހިންމު ކަމަށް ރައީސް ވިދާޅުވި..

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވޯކްސްގެ މަރުކަޒެއް ގާއިމްކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު މާކުރަތަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ މަޝްރޫއުތައް ބެލެހެއްޓުމާއި، ރަށްރަށުގެ ތަންތަން މަރާމާތު ކުރުމާއި އިންފްރާސްޓްރަކްޗަރ ބެލެހެއްޓުމުގައި ޕަބްލިކް ވޯކްސްގެ މަސައްކަތް ވަރަށް މުހިންމު ކަމަށެވެ. އެހެންކަމުން، މިއަހަރުގެ ތެރޭގައި ކޮންމެ އަތޮޅެއްގައި ޕަބްލިކް ވޯކްސްގެ މަރުކަޒެއް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ރާއްޖޭގެ އުތުރާއި ދެކުނުގައި، އެއްތަނުން އަނެއްތަނަށް ބަދަލުކޮށް ގެންގުޅޭ މޯބައިލް ދެ ޔުނިޓެއް ގާއިމްކުރުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ވެސް ރައީސް ހާމަކުރެއްވިއެވެ. މި ޔުނިޓުތަކުގައި ހުރިހާ ތަކެއްޗާއެކު އެއްތަނުން އަނެއްތަނަށް ބަދަލުކޮށް ގެންގުޅެވޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ބޮޑު އިންވެސްޓްމަންޓެއް ކަމަށާއި، މިކަން ކުރަނީ ކުރިއަށް އޮތް ތަނުގައި މަރާމާތުކުރަން ޖެހޭ ތަންތަން މަރާމާތު ކުރުމަށް ކުރަން ޖެހޭ ޚަރަދު ކުޑަކުރުމުގެ ގޮތުން ކަމުގައެވެ. އަދި ޕަބްލިކް ވޯކްސްގެ ނިޒާމު ގާއިމްކުރެވުމުން ދިގު މުއްދަތެއްގައި ރަށްތަކުގައި ކުރަން ޖެހޭ މެއިންޓެނަންސް މަސައްކަތްތަކަށް ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%