މަޑުއްވަރީ އައު ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިފި

ހުސައިން އިސްމާއިލް | 51 ދުވަސް ކުރިން - 13:18
ރ. މަޑުއްވަރީ އައު ކައުންސިލް އިދާރާގެ ބިންގާ، މިނިސްޓަރ އާދަމް ޝަރީފް ޢުމަރު އަޅުއްވައިދެއްވަނީ. / ފޮޓޯ: ޚުލާޞާ
ރ. މަޑުއްވަރީ އައު ކައުންސިލް އިދާރާގެ ބިންގާ، މިނިސްޓަރ އާދަމް ޝަރީފް ޢުމަރު އަޅުއްވައިދެއްވަނީ. / ފޮޓޯ: ޚުލާޞާ
ޚުލާސާ

ދެފަންގިފިލާއަކަށް ޢިމާރާތްކުރާ ރ. މަޑުއްވަރީ އައު ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު.

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ އައު ކައުންސިލް އިދާރާގެ ބިންގާ މިއަދު އަޅުއްވައިދެއްވައިފިއެވެ.

ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކުރީގެ ބައުވެފައިވާ ކައުންސިލް ޢިމާރާތުގެ ބަދަލުގައި މިއަދު ބިންގާ އަޅުއްވައިދެއްވީ ދެފަންގިފިލާގެ ޢިމާރާތެކެވެ. މި ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މިހާރު ރ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން މަޑުއްވަރީއަށް ވަޑައިގެންނެވުމުން، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.

ކައުންސިލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ޙައްލުކުރުމަށް މި ސަރުކާރުން ވަނީ ޚާއްސަ މަސައްކަތްތަކެއް ފައްޓަވާފައެވެ. މިހާތަނަށް 105 ރަށެއްގައި ކައުންސިލް އައު އިމާރާތް އަޅަން ނިންމަވައި އެ ރަށްތައް އިޢުލާން ކުރައްވާފައިވާއިރު، 55 ރަށުގެ ކައުންސިލްގެ އިމާރާތް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާއި ހަވާލުކުރައްވާފައި ވެއެވެ. ސަރުކާރުގެ ޢަމާޒަކީ މި ދައުރު ނިމޭއިރު، ކައުންސިލްތަކުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދިނުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%