މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ

އަހްމަދު އީޒާން | 53 ދުވަސް ކުރިން - 12:14
ުފުލުހުން ހޯދަމުން އަންނަ މީހާ / ފޮޓޯ: ޕޮލިސް
ުފުލުހުން ހޯދަމުން އަންނަ މީހާ / ފޮޓޯ: ޕޮލިސް
ޚުލާސާ

ފުލުހުން ވަނީ އެ މީހާ އޭޓީއެމްއެއް ކައިރީގައި ހުއްޓާ ފެންނަ ފޮޓޯތަކެއް އާންމުކޮށްފައި.

މަކަރާއި ހީލަތުގެ މައްސަލައެއްގައި ހޯދަމުން އަންނަ، ކާކުކަން އަދި ދެނެގަނެވިފައި ނުވާ މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް މިއަދު އެދިއްޖެ އެވެ.

ފުލުހުން ވަނީ އެ މީހާ އޭޓީއެމްއެއް ކައިރީގައި ހުއްޓާ ފެންނަ ފޮޓޯތަކެއް އާންމުކޮށްފަ އެވެ.

ފޮޓޯއިން ފެންނަ މީހާއަކީ މަކަރާއި ހީލަތުގެ މައްސަލައެއްގައި ތުހުމަތުކުރެވިގެން ފުވައްމުލަކު ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ފޮޓޯއިން ފެންނަ މީހާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792803 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%