ރިއަލް މެޑްރިޑް މޮޅުވެ ތާވަލުގެ އެއްވަނައަށް

ހުސައިން އިސްމާއިލް | 58 ދުވަސް ކުރިން - 23:25
ޚުލާސާ

ލަސްޕަލްމަސް 1-4 އިން ބަލިކޮށް ރިއަލް މެޑްރިޑަށް 46 ޕޮއިންޓް ލިބިފައިވާއޮރު ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 44 ޕޮއިންޓް. ތިންވަނައިގައި އޮތް ބާސެލޯނާ އަށް ލިބިފައި ވަނީ 39 ޕޮއިންޓެވެ.

ލަސްޕަލްމަސް ލަނޑެއް ޖަހައިފައި ވަނިކޮށް ފަހަތުން އަރައި ހަތަރު ލަނޑު ޖަހައި، ލަލީގާގެ ތާވަލުގެ އެއްވަނަ އަށް ރިއަލް މެޑްރިޑް ޖެހިލައިފިއެވެ.

ސްޕެނިޝް ލަލީގާގައި ރިއަލްގެ އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ މިނެޓްގައި ލަސްޕަލްމަސްގެ ސިލްވާ ވަނީ ގޯލު ޖަހާފައެވެ. އެއާއެކު ރިއަލް މެޑްރިޑުން ލަސްޕަލްމަސް އަށް ކުޅެން ފުރުސަތު ވެސް ނުދީ ހަތަރު ގޯލު ޖެހިއިރު ފުރަތަމަ ގޯލު ޖެހީ 18 ވަނަ މިނެޓުގައި އެމްބާޕޭ އެވެ. ފުރާންސުގެ ފޯވާޑް މި ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ. މި މެޗުގައި އެމްބާޕޭ ދެ ގޯލު ޖެހިއެވެ. ދެން ގޯލު ޖެހީ ޑިއާޒްއާއި ރޮޑްރީގޯއެވެ.

މި ނަތީޖާއާއެކު ރިއަލް މެޑްރިޑަށް 46 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 44 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ބާސެލޯނާ އަށް ލިބިފައި ވަނީ 39 ޕޮއިންޓެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%