ޑިއާލޯގެ ހެޓްރިކުން ފަހަތުން އަރައި ޔުނައިޓެޑް މޮޅުވެއްޖެ

އުސްތާޛް މުޙައްމަދު ޢަލީ | 60 ދުވަސް ކުރިން - 10:55
ޚުލާސާ

މެންޗެސްޓަރ ޔުނައިޓެޑް ވަނީ 21 މެޗުން 26 ޕޮއިންޓް ހޯދާފަ. މިހާރު އެ ޓީމު އޮތީ ލީގު ތާވަލުގެ 12 ވަނައިގަ.

އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތުހެމްޕްޓަން ލަނޑެއް ޖަހައިފައި ވަނިކޮށް ފަހަތުން އަރައި 3 ގޯލު ޖަހައި މެންޗެސްޓަރ ޔުނައިޓެޑް ރޭ މޮޅުވެއްޖެއެވެ.

މެޗުގެ ފުރަތަމަ ލަނޑަކީ ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި މެންޗެސްޓަރ ޔުނައިޓެޑްގެ މިޑްފީލްޑަރު މެނުއަލް އުގާޓޭ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ދެވަނަ ހާފުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ޒުވާން ފޯވާޑް އަމަޑް ޑިއާލޯ ވަނީ ތަފާތު ދައްކާފައެވެ.

82 ވަނަ މިނެޓުގައި ޔުމއަިޓެޑުން ގޯލު ޖަހައި އެއްވަރު ކޮށްދިނީ ޑިއާލޯއެވެ. އޭގެ ފަހުން 90 ވަނަ މިނެޓުގައި އޭނާ ޖެހި އިތުރު ލަނޑަކުން މެންޗެސްޓަރ ޔުނައިޓެޑް ލީޑު ނެގިއެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ޑިއާލޯ ޖެހި ތިންވަނަ ލަނޑާއެކު އޭނާގެ ހެޓްރިކް ފުރިހަމަވިއެވެ.

މި ނަތީޖާއާއެކު މެންޗެސްޓަރ ޔުނައިޓެޑް ވަނީ 21 މެޗުން 26 ޕޮއިންޓް ހޯދާފައެވެ. މިހާރު އެ ޓީމު އޮތީ ލީގު ތާވަލުގެ 12 ވަނަ ގައެވެ. ސައުތުހެމްޕްޓަން 21 މެޗުން ހޯދި 6 ޕޮއިންޓާއެކު އޮތީ ލީގު ތާވަލުގެ އެންމެ ފަހަތުގައެވެ.

މެންޗެސްޓަރ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި ލިވަޕޫލް އާއެކު 2-2 އިން އެއްވަރުވީއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%