މައްސަލައެއް ސާބިތުވެ ފުލިދޫ އިސް މެޖިސްޓްރޭޓް ސަސްޕެންޑް ކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ | 57 ދުވަސް ކުރިން - 19:13
ވ. ފުލިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ޝީރީން ނާހިދާ ލަތީފް.
ވ. ފުލިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ޝީރީން ނާހިދާ ލަތީފް.
ޚުލާސާ

ފުލިދޫ އިސް މެޖިސްޓްރޭޓް ސަސްޕެންޑް ކުރީ މުސާރައާއި އިނާޔަތް ނުހިނގާ ގޮތަށް 15 ދުވަހަށް.

ވ. ފުލިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ޝީރީން ނާހިދާ ލަތީފު މިއަދު 15 ދުވަހުގެ މުއްދަތަށް ސަސްޕެންޑްކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޝީރީނާ ގުޅޭގޮތުން ތަޙުޤީޤުކުރި މައްސަލައެއް ސާބިތުވެފައިވާކަމަށާއި، މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް 15 ދުވަހަށް ސަސްޕެންޑްކޮށްފައިވާކަމަށެވެ.

އަދި ޝީރީންގެ ޢަމަލަކީ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެއްކަމަށް ވެސް ބަޔާނުގައި ބުންޏެވެ. ނަމަވެސް، މައްސަލައިގެ ތަފްޞީލު ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ. ފަނޑިޔާރުންނާމެދު ސުލޫކީ ފިޔަވަޅު އަޅާއިރު މައްސަލައިގެ މަޢުލޫމާތު ޖޭއެސްސީން މިހާރު ޢާންމުކުރަމުން ނުގެންދާކަން ފާހަގަކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%