އެސްޓޯނިއާގެ ބަޔޯބޭންކަށް ރައީސް ޒިޔާރަތް ކުރައްވައިފި

އަައިޝަތު ޒީނާ | 56 ދުވަސް ކުރިން - 22:34
އެސްޓޯނިއާގެ ބަޔޯބޭންކަށް ރައީސް ޒިޔާރަތް ކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
އެސްޓޯނިއާގެ ބަޔޯބޭންކަށް ރައީސް ޒިޔާރަތް ކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ޒިޔާރަތުގައި ފެސިލިޓީގެ މަސައްކަތްތަކާއި ދިރާސާކުރުމުގެ މަސައްކަތްތަކާއި ބެހޭ ގޮތުން ވަނީ ރައީސްއާ މަޢުލޫމާތު ޙިއްސާކުރައްވާފައި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެސްޓޯނިއާގެ ބަޔޯބޭންކަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

އެސްޓޯނިއާގެ ބަޔޯބޭންކަށް ރައީސް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޔުނިވަރސިޓީ އޮފް ޓާރްޓޫ އިންސްޓިޓިއުޓް އޮފް މޮލިކިއުލާ އެންޑް ސެލް ބަޔޮލޮޖީގެ އެސްޓޯނިއަން ބަޔޯބޭންކްގެ ހެޑް ޕްރޮފެސަރ އޮފް ފާމަކޯޖީނޮމިކްސް ޕްރޮފެސަރ ލިލީ މިލާނީއެވެ.

މި ޒިޔާރަތުގައި ފެސިލިޓީގެ މަސައްކަތްތަކާއި ދިރާސާކުރުމުގެ މަސައްކަތްތަކާއި ބެހޭ ގޮތުން ވަނީ ރައީސްއާ މަޢުލޫމާތު ޙިއްސާކުރައްވާފައެވެ.

ޔުނިވަރސިޓީ އޮފް ޓާރްޓޫގެ އެސްޓޯނިއަން ބަޔޯބޭންކަކީ 2001 ވަނަ އަހަރު ޤާއިމުކުރި ދުނިޔޭގެ ފެންވަރުގެ ރިސާޗް ބަޔޯބޭންކެކެވެ. ދެ ލައްކައަށްވުރެ ގިނަ ބައިވެރިން ހިމެނޭ މި ޑޭޓާބޭސްއަކީ އެސްޓޯނިއާގެ ބޮޑެތި މީހުންގެ އާބާދީގެ ގާތްގަނޑަކަށް 20 އިންސައްތަ ތަމްސީލުކުރާ ޑޭޓާބޭސްއަކަށް ވާއިރު، މިއީ ޔޫރަޕްގެ އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ނެޝަނަލް ބަޔޯބޭންކްތަކުގެ ތެރޭގައި ހިމެނޭ ޑޭޓާބޭސްއެކެވެ.

ރައީސްގެ މި ޒިޔާރަތުގައި ވަނީ، އެ ފެސިލިޓީއަށް ޒިޔާރަތްކުރާ މެހެމާނުންގެ ފޮތުގައި ސޮއިކުރައްވާފައެވެ.

އެސްޓޯނިއާއަށް މިހާރު ރައީސް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އާލަރ ކަރިސްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%