ޓާރްޓޫގެ މޭޔަރ ދެއްވި ފަރިއްކޮޅެއްގައި ރައީސް ބައިވެރިވެވަޑައިގެން މަޝްވަރާކުރައްވައިފި

އަައިޝަތު ޒީނާ | 56 ދުވަސް ކުރިން - 22:07
ޓާރްޓޫގެ މޭޔަރ ދެއްވި ފަރިއްކޮޅެއްގައި ރައީސް އަދި ސަރުކާރުގެ ވަފުދު ބައިވެރިވެވަޑައިގެންނެވުން. / ފޮޓޯ: ރައީސް އޮފީސް
ޓާރްޓޫގެ މޭޔަރ ދެއްވި ފަރިއްކޮޅެއްގައި ރައީސް އަދި ސަރުކާރުގެ ވަފުދު ބައިވެރިވެވަޑައިގެންނެވުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ފަރިއްކޮޅުގައި ދެ ޤައުމުގެ ދޭދޭ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނާއި، އެކުގައި މަސައްކަތްކުރެވޭނޭ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ރާއްޖެ އާއި އެސްޓޯނިއާ އާ ގުޅޭ ތަފްޞީލުތައް ބައިވެރިން ޙިއްސާކުރައްވާފައިވޭ.

އެސްޓޯނިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޓާރްޓޫގެ މޭޔަރ އަރްމަސް ކްލާސް ދެއްވި ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެން މަޝްވަރާކުރައްވައިފިއެވެ.

ޔުނިވަރސިޓީ އޮފް ޓާރްޓޫގެ ރެކްޓަރ ޓޫމަސް އައްސެރް އާއި އެސްޓޯނިއަން ނޭޝަނަލް މިއުޒިއަމްގެ ޑިރެކްޓަރ ޑޮކްޓަރ ކޭޓޫ ސަކްސް އާއި އެސްޓޯނިއަން ބަޔޯބޭންކްގެ ހެޑް އަދި ޔުނިވަރސިޓީ އޮފް ޓާރްޓޫގެ އިންސްޓިޓިއުޓް އޮފް މޮލިކިއުލަރ އެންޑް ސެލް ބަޔޮލޮޖީގެ ޕްރޮފެސަރ ލިލީ މިލާނީ އާއި، ޓާރްޓޫ ސަރުކާރުގެ އިސް އޮފިޝަލުންވެސް މި ފަރިއްކޮޅުގައި ބައިވެރިވެވަޑައިގަތެވެ.

މި ފަރިއްކޮޅުގައި ދެ ޤައުމުގެ ދޭދޭ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނާއި، އެކުގައި މަސައްކަތްކުރެވޭނޭ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ރާއްޖެ އާއި އެސްޓޯނިއާ އާ ގުޅޭ ތަފްޞީލުތައް ބައިވެރިން ޙިއްސާކުރައްވާފައިވެއެވެ.

ޓާރްޓޫގެ މޭޔަރ އަރްމަސް ކްލާސް އާއި ފަރިއްކޮޅުގެ ބައިވެރިން ވަނީ، ދިވެހިރާއްޖޭގެ "ފްލޯޓިންގ ސިޓީ" މަޝްރޫޢާމެދު ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. ރައީސް ވަނީ، އެ މަޝްރޫޢު ފަރުމާކުރައްވާފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ކަމާއި، އޭގެ ސަބަބުން ދިވެހިންނަށް ލިބޭނެ ފައިދާ އާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރި އަރބަން ތަރައްޤީގެ ނަމޫނާއެއްގެ ގޮތުގައި އެ ސިޓީ ވެގެންދިއުމަށް އޮތް ފުރުޞަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ، އެސްޓޯނިއާގެ އެހީތެރިކަން ބޭނުންވާ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ޢާންމު ޚިދުމަތްތަކާއި، ތަޢުލީމާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމުގައި އިސްކޮށްފައިވާ ޑިޖިޓަލް އީޖާދާއި، އީ-ގަވަނަންސްގެ އެހީގައި ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމުގައި ހޯދާފައިވާ ކުރިއެރުމުގެ އަލީގައި އެހީތެރިކަން ބޭނުންފުޅުވާކަން ފާހަގަކުރައްވާފައިވެއެވެ.

ބައިވެރިން ވަނީ އެސްޓޯނިއާގެ ޘަޤާފަތާއި މުއްސަނދި ތާރީޚާއި، ތަރިކަ އަދި އާބާދީގެ ޑައިނެމިކްސްގެ އިތުރުން އެ ޤައުމުގެ މުސްކުޅިވަމުން އަންނަ އާބާދީ އަށް ހުރި ގޮންޖެހުންތަކާމެދުވެސް މަޝްވަރާކުރައްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%