އެސްޓޯނިއާގެ ޓާރްޓޫ ސިޓީއަށް ރައީސް ޒިޔާރަތް ކުރައްވައިފި

އަައިޝަތު ޒީނާ | 56 ދުވަސް ކުރިން - 16:57
އެސްޓޯނިއާގެ ޓާރްޓޫ ސިޓީއަށް ރައީސް ޒިޔާރަތް ކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
އެސްޓޯނިއާގެ ޓާރްޓޫ ސިޓީއަށް ރައީސް ޒިޔާރަތް ކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް އެ ސިޓީއަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވީ ޓާރްޓޫގެ މޭޔަރ އުރްމަސް ކްލާސް.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެސްޓޯނިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ޓާރްޓޫ ސިޓީއަށް ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް އެ ސިޓީއަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވީ ޓާރްޓޫގެ މޭޔަރ އުރްމަސް ކްލާސްއެވެ.

ރައީސް ވަނީ ޓާރްޓޫގެ މޭޔަރާއެކު ޓައުން ހޯލް ސްކޮޔަރއަށް ޒިޔާރަތްކުރައްވައި، އެތަނުގެ ތާރީޚީ މުހިންމުކަމާ ބެހޭގޮތުން ވަރަށް އަގުހުރި މަޢުލޫމާތުތަކެއް ހޯއްދަވާފައެވެ. އަދި މެހެމާނުން ސޮއިކުރައްވާ ފޮތުގައި ރައީސް ވަނީ ސޮއިވެސް ކުރައްވާފައެވެ.

ޓާރްޓޫ ސިޓީއަކީ އެސްޓޯނިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާއިރު، ޓާރްޓޫ ޓައުން ހޯލަކީ ވިޔަފާރީގެ ދާއިރާއާއި ވަޒަންވެރިކަމުގެ މައިގަނޑު ސަރަޙައްދެވެ. ޓާރްޓޫ ސިޓީއަށް ރައީސް ކުރެއްވި ޒިޔާރަތުގައި ޔުނިވަރސިޓީ އޮފް ޓާރްޓޫއާއި، އެސްޓޯނިއަން ބަޔޯބޭންކާއި، އެސްޓޯނިއަން ނޭޝަނަލް މިއުޒިއަމް އަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެސްޓޯނިއާއަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އާލަރ ކަރިސްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%